ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ކުޑަދަށުން އައި އޯޑަރަކަށް: ސައުދު

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ކުޑަދަށުން އައި އޯޑަރަކަށް ކަމަށްރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން  މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައުދު މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނު ކޯލަކާއެކު މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލުމާއި ގުޅިގެންނެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. މިމައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ ނިޒާމީ ނިކުތާއާއިއެކު މަޖިލީހުގައި އަޑުގަދަވެ، އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ވާނީ ގަވާއިދާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާ ދީ، ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލިސް ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން ރައީސް ޞާލިޙަށް ޗޯރަށް ގޮވާފައެވެ.

މަޖިލީހުގައި މެމްބަރުންގެ ނިޒާމީނުކުތާތަކާއި އަޑުގަދަ ކުރުންތަކާއިއެކު މަޖިލީހުގެ ރިޔާސަތުން ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކައި މަޝްވަރާ ކުރައްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށް މަޖިލިސް ފެށުމުންވެސް ދަ ޑިމޮކްރެޓްއަށް ނޮސްވަތްވާ މެމްބަރުން ވަނީ ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން މަޖިލިސް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.

އެ މެންބަރުން އަޑުގަދަ ކުރައްވަން ތިއްބަވަނިކޮށް އަފީފަށް ފޯނު ކޯލެއް އައިސްގެން އެ ފޯނު ނަންގަވާ މަންޒަރު ފެނެއެވެ. އަދި "މި ނިންމާލަނީ، މި ނިންމާލަނީ، މި ނިންމާލަނީ" ވިދާޅުވެ އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.

މިކަމާއި ގުޅިގެން ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ވަނީ ހިސޯރުކޮށްފައި ކަމަށެވެ. އަދި މަޖިލިސް ނިންމާލީ ރައީސް ނަޝީދު ކުޑަދަށުގައި އިންނަވައިގެން ކުރެއްވި ފޯނު ކޯލަކުން ކަމަށާއި “54 މެމްބަރުންގެ ރުހުން ނެތް ރައީސެއް މަޖިލިސް ހިސޯރު ކޮށްފި” ކަމަށް ސައުދު ވިދާޅުވިއެވެ.

Ads by HDC
  1. ތިކަހަލަަ ޖޫސްތައްޓަކައްވިކޭޭ މީހުންް ފައިސާާއައްް ކޮންމެފަދަކަމެއްވެސްް ކޮއްފާނެ