ޚަބަރު އިޖުތިމާޢީ

ރޭޕް ކުރި ފަތުރުވެރިޔާގެ ދުލުން: އުޝާމް ބެހެން އުޅުމުން ތަކުރާރުކޮށް އިންކާރު ކުރިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފަރި އައިލެންޑުގައި ރޭޕް ކުރި ފަތުރުވެރިޔާ

ކ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑް ރިޒޯޓުގައި ރޭޕް ކުރި ޗައިނާ ފަތުރުވެރިއަކު އެކަން ހިނގައި ދިޔަގޮތް ތަފްސީލުކޮށް ކިޔައިދީފި އެވެ.

Ads by STELCO

ޔޯލީ ޔިޓޮންގް ނަމަކަށް ކިޔާ މި ފަތުރުވެރިޔާއަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ދިރިއުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. ރޭޕްގެ ވާހަކަ ކިޔައިދޭން ފަށަމުން އޭނާ ބުނީ ރާއްޖެ އައީ މިމަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އަދި ޗައިނާއަށް އޭނާ ދާން ތާވަލުކޮށްފައި އޮތީ 10 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މަޑުކުރަން ބޭނުން ވެގެން ޗުއްޓީ އިތުރުކޮށް ފަރި އައިލޭންޑުގައި މަޑުކުރި ކަމަށް އޭނާ ބުންޏެވެ. ޗުއްޓީ އިތުރު ކުރުމުން އޭނާގެ ރޫމް ބަދަލު ކުރަން ޖެހުނެވެ.

ޖޫން 10 ވަނަ ދުވަހު ރޫމަށް ޔޯލީ ދިޔުމުން އޭނާއަށް ހާއްސަކުރި، އުޝާމް ނަމަކަށް ކިޔާ ބަޓްލަރެއް ލައްވައި ރޫމް ދައްކާ އެތަނުން ލިބޭނެ ހިދުމަތްތައްވެސް ކިޔައިދިނެވެ. ދެން ފަހުން އޭނާ ދިޔަ އެވެ. އެދުވަހު ޔޯލީގެ ފޯނަށް ލޮނު ބުރައިގެން ފޯނުގެ ޑިސްޕްލޭ މައްސަލަ ޖެހުނު ކަމަށްވެ އެވެ. އެހެންވެ އޭނާގެ މަންމައަށް ގުޅުމަށް ރިސެޕްޝަންގައި އެހީތެރިކަމަށް އެދުނެވެ.

ރިސެޕްޝަނުން އެހީވާން ފޮނުވީ އުޝާމް ނަމަކަށް ކިޔާ ބަޓްލަރުކަމަށް ޔޯލީ ބުންޏެވެ. އެހެންވެ އުޝާމް އައިސް އޭނާގެ ފޯނަށް ޔޯލީގެ ސިމް ކާޑު ލައްވައި މަންމައާއި ވާހަކަ ދައްކަން ވަގުތު ދިނެވެ.

"އޭނާ ދެން އެނދުގައި އިށީނދެ އަހަރެންނާ ޗެޓް ކުރަން ފެށި. ކީއްވެ އެކަނި އައީ؟ ކޮންތާކު އުޅެނީ؟ މިކަހަލަ ސުވާލު ކުރަން ފެށި. ދެން އޭގެ ފަހުން ކުރީ ރޭ އަހަރެން ކުރި ކަންތައްތަކާ މެދު ސުވާލު ކުރަން ފެށި" ޔޯލީ ކިޔައިދިނެވެ.

ދެން އުޝާމް އެހީ ރޭ ހުރި ރޫމްގެ ޕޫލް އޭރިއާގައި ނިދާފައި އޮތްތޯ އެވެ. ޔޯލީ ރޭ ނިދާފައި އޮތް އިރު މީހަކު ބަލަން ހުރިކަން ރޭކާލީ އެވަގުތެވެ. ނުތަނަވަސްވެ ޔޯލީ ބޭނުންވީ މައުޟޫއު ބަދަލު ކުރާށެވެ. އެހެންވެ އުޝާމްވެސް ނުތަނަވަސްވެ ރޫމް ދޫކޮށް ދިޔަ ކަމަށްވެ އެވެ.

އަނެއްކާވެސް އުޝާމް އައީ ޔޯލީގެ މަންމަ ވީ ޗެޓުން މެސެޖު ކުރިކަމަށް ބުނެ އެވެ. ދެން އައިސް އެނދުގައި އިށީންދެ ވަރަށް ގިނަ ވާހަކަ އުޝާމް ދައްކަމުން ދިޔަ އެވެ. އަދި ޗުއިންގަމެއް ނަގައި ހަފަމުން "ކިސް ކުރަން" ބޭނުންވޭތޯ އޭނާ އެހި އެވެ.

އެހާ ހިސާބުން ޔޯލީ ސިއްސައިގެން ދިޔަ އެވެ. އަދި ބުނާނެ އެއްޗެއް ނޭނގުނެވެ. އެކަމަކުވެސް އެއްވެސް ކަހަލަ ޖިސްމާނީ ގުޅުމެއް ހިންގަން ބޭނުން ނުވާކަމަށް ޔޯލީ ބުންޏެވެ. އެވާހަކަ ބުނުމުން އުޝާމްއަށް ނޭނގިދާނެތީ ލެޕްޓޮޕް ނަގައި ތަރުޖަމާކޮށްދީފައިވެސް އެވާހަކަ ބުނިކަމަށް ޔޯލީ ކިޔައިދިނެވެ.

ދެން އުޝާމް އެދުނީ ހާސް ނުވުމަށެވެ. އަދި ކައިރިއަށް ޖެހިލައި ޔޯލީގެ ތުންފަތުގައި އަތް ޖައްސާލައި ހަމަޖެހިލުމަށް އުޝާމް އެދުނެވެ. ޖިންސީ ގުޅުން ހިންގުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށް ބުނެ އުޝާމް އޭނާގެ އަނގައިން ގަދަކަމުން ޔޯލީގެ އަނގަ ހުޅުވަން މަސައްކަތް ކުރަމުން ދިޔަ އެވެ.

ޔޯލީ އެކަމާއި ގަޔާ ނުވުމުން ފިރިހެނުންނަށް ޝައުގުވެރިކަން ނުހުންނަނީތޯވެސް އުޝާމް އެހި އެވެ. ދެން ޔޯލީ އެނދަށް ކޮއްޕާލައި ގަދަކަމުން ކަންކަން ކުރަން ފެށި އެވެ. އެހުރިހާ ކަމެއް ކުރި ގޮތްވެސް ޔޯލީ ވަނީ ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ތަކުރާރުކޮށް ގަދަ ހަދަން ފެށުމުން އުޝާމް ޔޯލީ ދޫކޮށްލި އެވެ. ޔޯލީ ތެދުވެ ގައިގައި ކުއިލްޓު އޮޅައިލި އެވެ. އަދި އޭނާ ޖިމާއުވާން ބޭނުންވާކަމަށް ބުންޏެވެ.

"އަހަރެން ނޫނެކޭ ބުނުމުން އަހަރެންގެ ކުރިމަތީގައި ލެޕްޓޮޕްގެ ސްކްރީނަށް އޭނާ ބޭރު ކުރި. ދެން ފާހާނާއަށް ގޮސް ތުވާއްޔެއް ހިފައިގެން އައިސް ސްކްރީން ފޮހެލި. ދަމުން އަހަންނާ ދިމާއަށް އޭނާ ބުނީ މިކަންކަމަށް ހުޅުވިލަން ވަގުތު ބޭނުންވާނެ ކަމަށް. އަދި ފަހުން އަންނާނެކަމަށް" ޔޯލީ ކިޔައިދިނެވެ.

އުޝާމް ދިޔުމުން ޔޯލީ ވަގުތުން އެ ރިސޯޓުގެ މެނޭޖަރުންނަށް އެކަން އެނގި އެވެ. އެކަމަކު އެމީހުން އައިސް އެއީ މާބޮޑު ކަމެއް ނޫންކަމަށް ބުންޏެވެ. އެހެންވެ ދެން ޔޯލީ އެންގީ ފުލުހުންނަށެވެ. ދެން ސެ ސްޓާފަކު ޔޯލީގެ ރޫމަށް ފޮނުވައި ލެޕްޓޮޕާއި ތުވާލި ގެންދިޔަ އެވެ. އަދި އެވަގުތު އެތަކެތި ފުލުހުންނާ ހަވާލުކުރަން ބޭނުންވާކަމަށް ބުނުމުން އެމީހުން އަޅައެއް ނުލި އެވެ.

ފުލުހުން އައިސް ޔޯލީގެ ބަޔާން ނެގި އެވެ. އަދި އޭނާގެ އަނގައިން ސާމްޕަލް ނެގި އެވެ. އެކަމަކު ނަތީޖާ ލިބޭނީ ހަފްތާއެއް ފަހުން ކަމަށާއި އޭގެ ކުރިން އަނބުރާ ގައުމަށް ދިޔުމަށް ފުލުހުންވެސް އެދުނެވެ. އަދި މިމައްސަލައިގައި އުޝާމް ހައްޔަރު ކުރެވޭނެ ސަބަބެއް އަދި ނެތްކަމަށް ބުންޏެވެ.

އެހެންނަމަވެސް ޔޯލީ ހުއްޓައެއް ނުލި އެވެ. އޭނާ ގޮސް މެޑިކަލް އެގްޒާމިނޭޝަނެއްވެސް ހެދި އެވެ. އޭރު މުޅި ގައިގެ އެތަން މިތަން ހަލާކުވެ ކަޅުވެފައި ހުއްޓެވެ. އެކަން ނިންމާފައި ރޫމަށް އައިއިރު ރިސޯޓުން ވަނީ އޭނާ ވީ އެންމެ އަވަހަކަށް ފުރަން އެދިފަ އެވެ. އިތުރަށް ބަހައްޓަން ބޭނުން ނުވާކަމަށްވެސް ރިސޯޓުން ބުންޏެވެ.

"އަހަރެން ހޮޓެލް ދޫކޮށް ދިޔައިރު އެންމެ ކުޑަމިނުން މައާފަށްވެސް ނޭދޭ. އެމީހުން ބުނީ އަހަރެން މިކަން ކުރީ ހިލޭ އެތަނުގައި ހުންނަންވެގެން ކަމަށް. އަހަރެން ވާނީ ފައިސާ ދައްކާފައި. އަހަންނަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ މުއްސަނދި ދެމަފިރިއެއްގެ ދަރިއެއް" ޔޯލީ ކިޔައިދިނެވެ.

މީގެ ކުރިންވެސް ފަތުރުވެރިން ރިސޯޓުތަކުގައި ރޭޕް ކުރާކަމުގެ ތުހުމަތު ކުރެވެ އެވެ. އެހެންނަމަވެސް މިއިން އެއްވެސް މައްސަލައަކާއިމެދު ފިޔަވަޅެއް ނާޅަ އެވެ. ފަތުރުވެރިންނާއިމެދު މިގޮތަށް ކަން ކުރާ މުވައްޒަފުންގެ ދިފާއުގައި ރިސޯޓުތަކުގެ މެނޭޖުމެންޓުވެސް މަސައްކަތް ކުރުމަކީ މިފަދަ ކަންކަމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ޔޯލީ މިވާހަކަތައް ކިޔައިދެމުން އޭނާގެ ގައިގައިވާ ހުރިހާ ލަކުނުތަކުގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. އަދި އުޝާމް ނަމަކަށް ކިޔާ ބަޓްލަރުގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. މީގެ އިތުރުން މާލެ އަތޮޅު ހޮސްޕިޓަލުން ހަދާފައިވާ މެޑިކަލް އެގްޒާމިނޭޝަންގެ ސްލިޕުވެސް ވަނީ އާންމުކޮށްފަ އެވެ.

  1. ހީވާނީކުޅެފަހެން

    އެކަނި އައިސް ފިރިހެން ބަޓުލަރެއް ގުރޫމް ކޮއް އޭނަލައްވާ ބޭރުކުރުވާފަ އެތުވާލިން ސާންޕަލް ނަގުވާފަ ބޮޑު ކޭސްއެއް ކުރިޔޭޓުކޮއްފި…

    • އަޖައިބުވެ އަންތަރީސް ވެއްޖެ. ޢެކަނި ވެސް ދެކަނި ވިޔަސް ކޮންމެހެން ފެންނަހާ މީހަކާ ބެހެންވޭތަ. ޢޭނަ ހުންނާނެހެންހީވޭތަ މަޑުން. ތިޔަ މައުސޫމް ބަޓްލަރ އާއި ރިސޯރޓް ގެއަގު ހިފަހައްޓަން ބޭނުންވާނަމަ އެންމެ ކުޑަމިނުން މައާފަށް އެދި އެހީތެރި ކަމެއް އޭނައަށް ފޯރުވިނަމަ ވެސް ރަގަޅު.

    • ކަލޭ އެތާ ހުއްޓާތަ މި ކަން ހިނގީ؟ ކަލޭ ތީ ޑައިރެކްޓަރު ދޯ

  2. ލެޕްޓޮޕް ޑިސްޕްލޭ

    ސްޓޯރީ އަތާ އަތަކު ނުޖެހޭ، ދެޓްސް ނޮޓް ވަޓް ހޭޕެނިޑް އެކްޗުލީ…..!!!

    • ވަރަށް

      މީ ހާދަ ޚިޔާލީ ވާހަކައެކޭ ދޯ! ގަދަކަމުން ހުރިހާކަމެއް ކުރުމުގެ ތެރޭގައި އޭނާގެ މުޅި ހަށިގަނޑު އެވަނީ ނޫ ފައިގެންފައިކަމަށް އެބުނަނީ. އެކަމަކު އެސޮރު ލެޕްޓޮޕް ސްކްރީނަށް ބޭރުކުރިވާހަކަ. މީ ޤަބޫލުކުރަން ވަރަށް އުނދަގޫ ސްޓޯރީއެއް. އެސޮރު ކަމެއް ނުކުރާ ވާހަކައެއްނޫން މިބުނަނީކީ.

  3. އެމަންޖެއައް އެވާންއުޅޭގޮތް އިންގޭއިރު ކީއްވެޔޯ އެރޫމުން ނުނިކުމެވުނީ

    • ާަަަޓަވަރުބެ

      ވަޓުހެޕަން އެކްޗުލީ…!!!

      • ޙަބީބު.

        ބަޓުލަރުންނަކީ ވަރައް އަހުލާގުދައްބައެއް ރިސޯޓުތަކައް ބޭނުން ބައެއްނޫން ފުރަންޓް އޮފީހައް ހުރިހާ ބަހަކުން ވާހަކަ ދައްކަން އެނގޭ ރިޝެފްޝަނިސްޓުންކޮޅެއްލާފަ އިންޓަރ ޓައިމަންޓްގައިޑު ލާފަ ބެލްބޯއިން ކޮޅެއް ބަގީ ރައިޑައް އިތުރުކޮއްލީމަނިމުނީ

    • އެކަން ޓުރާންސުލޭޓް ކޮއްދޭނެ މީހެއް ނެތީކަންނޭގެ

  4. ޑިމޮކްރަސީ

    ރިސޯޓް ގެ މެނޭޖްމެންޓުން މިކަން އޮއްބާލަން މަސައްކަތްކުރުމާއި ޕޮލިހުންވެސް މިކަމަށް މާބޮޑު ސަމާލުކަމެއްނުދިނުމުން ދޭހަވަނީ ރާއްޖޭގެ ޙާލަތު އޮތް ގޮތް

  5. އުޝާމް ރިހަބެ

    ވަހުޝީ ބަޓުލަރުންގެ ސަބަބުބް ރިސޮޓާއި ރާޢްޖޭގެ އަގު ވެއްޓޭއިރުވެސް ހަމަ އަޅާނުލާންވީދޯ. އަތުންހަލަން މޫދުގައި އޮތްނަމަ މާތާޙިރުވީސް.

    • ވަހުޝީ ބަޓްލަރު

      އެންމެ ފަރުދެއްގެ ހަޑި،މުޑުދާރު އަމަލެއްގެ ސަބަބުން ޤައުމަށާއި،ފަތުރު ވެރިކަމުގެ ސިނާއަތަށް ކިހާބޮޑު ހުތުރެއް!ކިހާ ބޮޑު ލަދެއް!ދިވެހިންގެ އަގު ވެއްޓުނީ!

    • ތިޔަ ބަޓުލަރު އަކީމުސްލިމެއްތަ .

  6. ާަބޮސް

    ާބަޓުލަރުންނާ ރެޕުން މީ ފޮނި ބައެއް 2 ޑޮލަރު ދޭ އިރައް އެމީހުނައް ހީވާނީ މީ ދުނިޔޭގެ ފެންވަރުގެ މަހުޖަނުންނޭ ދެން ވަރަށް އެނގިފަ ތިބޭނީ

  7. ފުރީ ސުޓޭ

    މީ މި ލޯކުދި މީހުން ގެ އާންމު ކަމެއް