ޚަބަރު ސަރުކާރު

ތިލަމާލެ ބްރިޖް ސެގްމެންޓްތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް: އިންޑިއާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތިލަމާލެ ބްރިޖްގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށާއި މި ސެގްމެންޓްތަކުގައި އޭގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ތިލަމާލެ ބްރިޖްގެ ބައިތައް ޕްރީ ކާސްޓްކުރަނީ ގުޅީފަޅުގައެވެ. އިންޑިއަން ހައިކޮމިޝަނުން ބުނިގޮތުގައި ތިލަމާލެ ބްރިޖަށް މިފަދަ 1200 އަށް ވުރެ ގިނަ ސެގްމެންޓް ބޭނުންވާނެއެވެ. އަދި ދުވާލަކު 3 ނުވަތަ 4 ސެގްމެންޓް މިހާރުވެސް އުފައްދަމުން އަންނަކަމަށާއި އެހެންކަމުން މަހަކު 100 އާއި 120 ދެމެދުގެ އަދަދަކަށް ސެގްމެންޓް އުފެއްދޭކަމަށް އެކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

 ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ ތިލަމާލެ ބްރިޖް މަޝްރޫއު އަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެއެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

އަންނަ އަހަރު ތިލަމާލެ ބްރިޖް ބޭނުންކުރަން ފެށޭނަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ދާދިފަހުން ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!