ޚަބަރު ސިޔާސީ

ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި އަލީ ވަހީދާއި އިތުރު 2 ބޭފުޅުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޭނާގެ ގާތް ދެ ބޭފުޅުން މިއަދު ހަމަޖައްސައިފިއެވެ.

Ads by STELCO
ވަހީދާއި އޭނާގެ ގާތް ދެ ބޭފުޅުން ކަމަށްވާ އިބްރާހިމް ސުޖާ އަދި އިސްމާއިލް ސުޖާ، ގާސިމްގެ އެޑްވައިޒަރުންނަށް ހަމަޖައްސައި އެ ކަމުގެ ލިޔުން އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ގާސިމްއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާތައް އަނބުރާ ގެންދިއުމުން އޭނާ ރާއްޖެ ވަޑައިގަތީ ދާދިފަހުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ގާސިމް އިބްރާހިމް ކޯލިޝަނަކަށް ތައްޔާރުވަމުން ދާ އިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

  1. ތިޔައީ ހުސް ވަގުން.

  2. 4 ވަގުން !

  3. އެކޮއި

    އަމިލަ ޕާޓީ ހަލާކުކުރާނެ ގޮތެއް ނޭނިގެން
    އުޅޭބޮޑު މޮޔައެއް ގާސިމަކީ އަލީވަހީދަކީ މާމުއި ރައީސްގެ
    ގެ ޓަޕެޓެއް އެކަލޭގެ މާލެގެނައިވެސް މާމުއި ރައީސްގެ
    ފަހަތައްޖޭގެ ބާރުދައިގަރުމަށް