ޚަބަރު ސިޔާސީ

އަޅުގަނޑުގެ ވެރިކަމެއްގައި ސުކޫލް ނިންމާ ކޮންމެ ފިރިހެން ކުއްޖަކު ނެޝަނަލް ސަރވިސް ފުރިހަމަކުރަންޖެހޭނެ: އުމަރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ރާއްޖޭގައި ސުކޫލް ނިންމާ ކޮންމެ ކުއްޖަކު ނެޝަނަލް ސަރވިސް ފުރިހަމަކުރަންޖެހޭނެކަމަށް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އުމަރު މިހެން ވިދާޅުވީ ޓީވީއެމްގެ "ރިޔާސީ ކެންޑިޓުންނާ އެކީ" ގެ ޕްރޮގްރާމްގެ މެހުމާނެއްގެ ގޮތުގައި ރޭ ބައިވެރިވަޑައިގެން އާންމުންގެ މީހަކު ފޯނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، ރާއްޖޭގައި ސުކޫލް ނިންމާ ކޮންމެ ކުއްޖަކީ ނެޝަނަލް ސަރވިސް ފުރިހަމަ ކުރާ ކުއްޖަކަށްވާނެކަމަށާއި އެއީ ފިރިހެން ކުއްޖެއް ވެއްޖިއްޔާ ދޮޅުއަހަރު ނެޝަނަލް ސަރވިސް ފުރިހަމަކުރަން ހޭދަކުރާނެކަމަށް އުމަރު ވިދާޅުވިއެވެ. އަދި އަންހެން ކުދިންނަށް އެކަން "އޮޕްޝަނަލް" ވާނެކަމަށާއި އެކުދިން ބޭނުންވާނަމަ އެހެން ދާއިރާއަކަށް ދެވޭނެކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނެޝަނަލް ސަރވިސް ފުރިހަމަކުރުމުގެ ފަހުން ފަހުން ޓާޝަރީ އެޑިއުކޭޝަން ފުރިހަމަކުރާ ކުދިންނަށް އެކުދިން ވާނެކަމަށާއި، އެގޮތުން މަދުވެގެން ދެ އަހަރު ޔުނިވާސިޓީ އެޓެންޑް ކުރާންޖެހޭނެ ކަމަށާއި ނުވަތަ ސްކިލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާނެޖެހޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ކޮންމެ ޒުވާނަކީ ހަރުދަނާ ހީވާގި މުރާލި ހެނދުނު ހޭލައި މަސައްކަތަށް ކަމޭހިތާ، ދީނަށް ކަމޭހިތާ، އަޚްލާގް ރަނގަޅު މީހަކަށް ވެގެންދާނެކަމަށް އުމަރު ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ މިހާރު އަޅުގަނޑުމެންގެ މުޅި ސޮސައިޓީ އެއްކޮށް ދޫވެފައިވާކަމަށާއި ސޮސައިޓީގައި އެމީހަކު އުޅެނީ އެމީހަކު ބޭނުންގޮތަަކަށް ކަމަށެވެ. އެގޮތުން، ވަޅި ހަރައި، މަސްތުވާތަކެތި ބޭނުންކޮށް، ބޮޑު މީހެއް ކުޑަ މީހެއް ނެތްކަމަށާއި މި މުޖްތަމަޢުގައި އެއްވެސް އިހްތިރާމެއް ނެތްއިރު، އެހުރިހާ ކަމެއް އުމަރުގެ ސަރުކާރެއްގައި ހަމަޖެހި ޑިސިޕްލިން ސޮސައިޓީއެއް މި ރާއްޖެއިން ފެންނާނެކަމަށް އުމަރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ރަގަޅޭ

    ޢުމަރުގެ މެނިފެސްޓޯއާއި ވާހަކަތަކުން ދިވެހި މިޖުތަމައުއަށް ކުރާ ލޯބި ހާމަވެއެވެ.

  2. މަސްއޮޑި ލުއްޗާ

    ބަލަގަ އަހަރުން ނޫޅެން ކަލޭ ހޮވާކަށް! ކޮންމެ އިންތިޙާބަކަށް ހުވަފެން ބަލަން ހުރޭ ގޭގަ!

    • ތީބުޔާ

      ޕާޓޭންނަކަށް އުމަރު ކަމުނުދާނެކަން އެނގޭ! ޢުމަރަށް ވެރިކަން ލިބިއްޖެއްޔާ ތި ޕާޓެންތައް މުލުން ލުހެލާނެކަން އެނގޭތީ!