ޚަބަރު ސިޔާސީ

އުމަރުގެ ސުވާލު: މަޑުމައިތިރި ވެރިން ހޮވައިގެން ވީ ކޮންކަމެއް؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަޑުމައިތިރި، މަޑުން ހިނގާ ވެރިން ހޮވައިގެން، ޤައުމަށް ހާސިލުވީ ކޮންކަމެއްތޯ، ރިޔާސީ ކެންޑިޑޭޓް، އުމަރު ނަސީރު ސުވާލު ކުރައްވައިފިއެވެ.

Ads by Hajj Corporation

ޓީވީއެމްގެ "ރިޔާސީ ސިޔާސަތު"ގައި، އުމަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު މައްސަލަތަކަށް ކަމަށްވާ، އެހެން ޤައުމެއްގެ ސިފައިން ތިބުމާއި، މީހުން މެރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކަށް އެހެން ބޭފުޅަކު ވަކާލާތު ނުކުރައްވާ ކަމަށާއި، އެހައި ބޮޑު މައްސަލަތަކަށް ވަކާާލާތު ކުރެއްވޭނެ ޕްލެޓްފޯމަކީ ރިޔާސީ އިންތިޚާބު ކަމަށެވެ.

"މިހާރު ތިބޭފުޅުން ހޮވައިފި ދެއްތޯ، މަޑުކަށި ބޭފުޅުން؟ މަޑުމައިތިރި ބޭފުޅުން ދިވެހިރާއްޖޭގެ ވެރިކަމަށް. ނަތީޖާ އަކީ ކޮރަޕްޝަން މާ ބޮޑު." އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ، މަޑުމައިތިރި ބޭފުޅުންގެ ވެރިކަމުގައި ގައުމު މިސްމެނޭޖްމަންޓް ކުރުން މާ ގިނަ ކުރުން ކަމަށެވެ.

"އެހެންވީމަ މިއީ ވަގުތު އިނގޭތޯ، ހަރުދަނާ މީހެއްގެ އަތަށް ދިވެހިރާއްޖޭގެ ވެރިކަން ދޭންވީ ވަގުތު." އުމަރު ވިދާޅުވިއެވެ.

 

އޭނާ އިތުރަށް ވިދާޅުވީ، މަޑުމައިތިރި ވެރިންގެ ވެރިކަމުގައި، ރާއްޖޭގައި ބޮއްސުންލާފައި ހުރި ކަންކަން، އިތުރަށް ބޮއްސުންލައިގެން ދަނީ ކަމަށެވެ.

މީހުން މަރަމުން، މަސްތުވާތަކެތި އާއްމު ކުރަމުންދާއިރު، އެކަންކަން ހައްލު ކުރެވޭނީ ހަރުދަނާ ލީޑަރަކަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!