ޚަބަރު

ސެމްބެ ބައިވެރިވެވަޑައިގަންނަވާ ހިނގާލުމެއް، މިއަދު ހުޅުމާލޭގައި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް، ޙުސެއިން މުޙައްމަދު ލަތީފު(ސެމްބެ) ބައިވެރިވެވަޑައިގަންނަވާ ހިނގާލުމެއް މިއަދު އޮންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.

Ads by MWSC

އެ ކޯލިޝަނުން މަޢުލޫމާތު ދިން ގޮތުގައި، މި ހިނގާލުން އޮންނާނީ، މިއަދު ހަވީރު 3:45ގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ، ހުޅުމާލޭގެ ސަންސެޓް ޕާކް ކަންމަތިންނެވެ. އެއީ ޢުމަރު ބިން ޚައްޠާބު މިސްކިތް ކައިރިއެވެ.

ސެމްބެ ބައިވެރިވެވަޑައިގެންނެވި ސައިކަލު ބުރެއް އިއްޔެ ވަނީ މާލޭގައި ބާއްވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30ވާ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ކެމްޕެއިންގެ ފަހު މަންޒިލެއްގެ ގޮތުގައި މުޢިއްޒު މިއަދު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އެ ސިޓީއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!