ޚަބަރު ސިޔާސީ

މީޑިއާތަކަށް އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ: ޑރ. މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އަދި ނުފޫޒެއް ކުރިމަތި ނުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަންގު ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރަކީ އެއްވެސް ކަމެއް ފޮރުވައިގެން ކަންތައް ކުރާ ބަޔަކަށް ވާކަށް ބޭނުން ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށާއި ރައްޔިތުންނަށް ކަންކަން ހާމަކޮށްދިނުމަށް މީޑީއާގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނާއި ވެސް ގުޅިގެން ސަރުކާރާއި ރައްޔިތުންނާއި ދެމެދުގައި މަސައްކަތް ކުރާ ބަޔަކަށް މީޑިއާ ވާން ބޭނުން. އެކަމުގައި ކާމިޔާބު ހާސިލްކުރާނެކަމުގައި ޔަޤީންކަން ދެން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގައި މީޑިއާ ވަނީ ހަގީގަތުގައި ވެސް ވަރަށް މިނިވަން، އަމިއްލަ އިހްތިޔާރުގައި ކުރިއަރައި، ގެންދަން ބޭނުންވާ އެންމެ ފުޅާމިނެއްގައި ގެންދިއުމުގެ އެއްވެސް ހުރަހެއް ނެތް ބަޔަކަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަރަށް ގިނަ ކަންކަން ކޮށްދޭން. ފުރިހަމަ މިންވަރެއްގައި އެެހީތެރިކަން ދީގެން ކުރިއަރާ ދާ ބަޔަަކަށް މީޑިއާ ހަދަން ބޭނުން ވަނީ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވެފައިވާ އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ދެއްވާނެ ކަމަށެވެ.

Ads by Allied Insurance
  1. ނަރުގިސް

    ސަން ގަށް އެކަނި ޒިޔާރަތް ކުރެއްވުން ؟