Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ބަޖެޓު 2024ގެ މަސައްކަތަށް އިންތިޚާބީ ރައީީސްގެ ފަރާތުން ކޮމިޓީއެއް އެކުލަވައިލައިފި

ބަޖެޓު 2024ގެ މަސައްކަތަށް އިންތިޚާބީ ރައީީސްގެ ފަރާތުން ކޮމިޓީއެއް އެކުލަވައިލައިފި

2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ކަނޑައެޅުމާއި ގުޅޭ މަސައްކަތްތަކަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ހަތް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީއެއް އެކުލަވައިލައިފިއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު މީޑިއާތަކާއި ހިއްސާ ކުރައްވަމުން، އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް މިއަދު ވިދާޅުވީ އެ ކޮމިޓީތަކުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ހިއްސާ ކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
"އެ މަޢުލޫމާތުތަކުގެ ތެރޭގައި އަޅުގަނޑުމެން އެދިފައިވާނެ، ދިވެހި ދައުލަތުގެ މިހާރުގެ ފިސްކަލް ޙާލަތާއި، އަދި ހަމައެހެންމެ، 2024 ވަނަ އަހަރަށް ލަފާ ކުރާ ޙާލަތާއި ގުޅޭ ތަފްޞީލީ މަޢުލޫމާތުތައް ހޯދުމަށް." އޭނާ ވިދާޅުވިއެވެ.
މި މަޢުލޫމާތުތައް ހިއްސާ ކުރުމާއިއެކު، ބައްދަލުވުމަކަށް ވެސް އެދިފައިވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދާއިރު، އަދިވެސް ބައެއް ކުންފުނިތަކުން އެކި ވަޒީފާތަކަށް މީހުން ނަގަމުން އަންނަ ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ބަޖެޓުގެ މަސައްކަތަށް އިންތިޚާބީ ރައީސް ކޮމެޓީއެއް އެކުލަވައިލެއްވިއިރު، ސަރުކާރު ބަދަލުވާ އަހަރު، ބަޖެޓު އެކުލަވައިލަން ޖެހެނީ އައު ސަރުކާރުގެ މަޝްރޫޢުތަކަށާއި، ސިޔާސަތު ތަންފީޒު ވާނެގޮތަށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް