ރިޔާސީ އިންތިޚާބުން ބަލިވުމުން، އެމްޑީޕީން އުޅެނީ ލަދުވެތިކޮށް: ވައްޑޭ

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ބޭއްވި ރިޔާސީ އިންތިޚާބުން ބަލިވުމުން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން އުޅެނީ ވަރަށް ލަދުވެތި ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރައީީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސާ، އީވާ ސަލާމް ވިދާޅުވުމުން، ޖަލްސާ ނުބޭއްވުމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރެއްވުމާއި ގުޅިގެންނެވެ.
ވައްޑެ މިއަދު މަޖިލީހުގައި ހިނގައިދިޔަ ކަންކަން ސިފަ ކުރައްވައިފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންގަވައިގެން އެމްޑީޕީގެ މެމްބަރުން ކުރެއްވި ކަމެއްގެ ގޮތުގައެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ، މަޖިލީހުގެ އިދާރީ މޭޒަށް ހަމަލާދީ، ރިޔާސަތަށް އަރައި އަޑުގަދަ ކޮށްފައެވެ.
އީވާ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން، ސަލާާމް ވިދާޅުވީ ޑެންގޫއަށް ޕޮޒިޓިވް ވުމުން ކަމަށް އެނގިފައިވެއެވެ.
ލަދުވެތިކޮށްއުޅޭމީހުންކަލޭހަމަހޭގައިހުރެނޭގުމަކީހިތާމަކުރަންޖެހޭކަމެއް