އީވާ ސަލާމް ވިދާޅުވުމުން މިއަދުގެ މަޖިލިސް ޖަލްސާވެސް ކެންސަލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މާދަމާ އަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އީވާ ސަލާމް ފޮނުއްވާފައިވާތީ މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެކަން މެމްބަރުންނަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ވަނީ އެޖެންޑާކޮށްފައެވެ.
ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އާދީއްތަ ދުވަހަށެވެ. އެ ދުވަހު ވެސް އަދި އިއްޔެ އަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ.
އިީވާ ގެއިން ބޭރަށް ނުކުމޭތޯ އެގޭ ދޮށުގައި ފާރަޔަށް މީހުން ބައިތިއްބަން ޖެހެއެންނުއެބަ. ތިހަދަނީ ތެދުތޯ ބަލަން.