ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ ސިޔާސީ

ޢަބްދުއްރަޙީމް އަމީރަށް: ‏އޮޅުވައިލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން، ޕީއެންސީގެ ޗެއާޕާސަން އަމީރަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް, ޑރ. މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުން އަވަސް ކުރުމަކީ  އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

އެއީ އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު ކަމެއް ކަމަށާއި ޑރ. މުޢިއްޒު ކުރެއްވި އަމިއްލަ ދަތުރުފުޅުގައި ލިބުނު ފުރުސަތުގައި އެއާރޕޯޓުގެ މަޝްރޫއު ނިންމަން ފަންޑުހޯދުމަށް އެގައުމުގެ ސަރުކާރުގައި އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

އަދި ޔޫއޭއީގެ ސަރުކާރާއިއެކު ބޭއްވި ބައްދަލުވުމުގައި އެއާޕޯޓް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަތުމުން މިފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސަވާ ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ނަމަވެސް އަމީރު މިއަދު ވިދާޅުވީ، އެއީ ކުރިން ވެސް ހަމަޖެހިފައިވާ ފައިސާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަ ދޮގުކުރައްވައި ޢަބްދުއްރަޙީމް ކުރެއްވި ޕޯސްޓެއްގައި، އެ ފައިސާ ހަމަޖެހުނީ އިންތިޚާބީ ރައީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައިކަން ފާހަގަކުރެއްވިއެވެ.

"ރޯމާ ދުވާލު މިވަރުގެ ދޮގު ހަދާއިރު، ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ވަރަށް ސާފުކޮށް ރައީސް ޞާލިޙުގެ ސަރުކާރުގެ އޮޅުވައިލުމާއި މަކަރާ ހީލަތް ރައްޔިތުން ބަލައިނުގަންނަކަން އެ އޮތީ، ރީތިކޮށް ފެންނަން." އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ވީއައިއޭ މަޝްރޫޢު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ހޯއްދެވީ ރައީސް ޞާލިޙުގެ ސަރުކާރުން ނޫން ކަމަށާއި، އިންތިޚާބީ ރައީީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!