މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫޢުގެ ކްރެޑިޓް ދޭން ޖެހެނީ ރައީސް ޔާމީނަށް: ވައްޑެ
މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫޢުގެ ކްރެޑިޓް ދޭންޖެހެނީ ރައީސް ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ން ހަމަޖެއްސީ މި ސަރުކާރުން ކަމަށް ބުނެ ނޫހެއްގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.
ވައްޑެ ވިދާޅުވީ މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫޢުގެ ކްރެޑިޓް ދޭންޖެހެނީ ރ. ޔާމީނަށް ކަމަށް ދެކޭ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ވީއައިއޭ ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށް މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުމުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ އެ ފައިސާ އަކީ މާކުރިން މި ސަރުކާރުގެ މަސައްކަތުން ހަމަޖެހިފައިވާ ފައިސާ ކަމަށް ވިދާޅުވެފައެވެ.
އަމީރު ވިދާޅުވި ގޮތުގައި އެ ފައިސާ އަކީ ޑރ. މުއިއްޒުގެ ދަތުރުގެ މާ ކުރިން ހަމަޖެހިފައިވާ އެއްޗެކެވެ.
ދެން އެހެން ވީއިރު އެކަން ކުރިން ހާމަނުކުރިއްޔޯ؟
ހެހެ ނަގާ ކަާގެން ތިބީ
އައްދޭ ހާދަ ލޯތް ބެކޭމިވަނީ ޔާމިނުދެކެ ކިތަންމެ ދަޅައެއް ދެއްކިޔަސް އަންނަން އުޅޭ ސަރުކާރަނު ތިބާގަޑަށް ޖާގައެއްނެތް ދެން ލަލާ
ދުނިޔެމިދައްކަނީ އިންސާފަކީ ނާއިންސާފްކަން ހަގީގަތަކީ އޮޅުވާލުން ރައީސް ޔާމިންއަކީ ދުވަހަކުވެސް މިގައުމަށް ވެރިކަމަށް އައިސް މިގައުމަށް ހިދުމަތްތަކެއް ކޮށްދެއްވި ރައީސް އެއްކަމަށް ނުބުނިއަސް ﷲ އެމަނިކުފާން މިގައުމަށް ކޮށްދެއްވި ދިވހިންގެހިޔާއްވެސް ނުގެނެވޭ ހިދުމަތްތަކެއްކަން އެދުވަހުން ދައްކަވާނެ
މިއިން ޒަމާނަކު އޭނަ ވެރިކަން ކުރިއޭ ކިޔާފަ ރާއްޖެއަށް އަންނަ ކޮންމެ ކުރިއެރުމެއްގެ ކުރެޑިޓް އޭނަ އަށް ދޭން ނުޖެހޭނެ