ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހިނގަމުން މިއަންނަ 19 ވަނަ މަޖިލީހަށް ހުށަހެޅުމަށް އެންމެ ގިނަ ބައެއްގެ ސޮޔާއެކު ތައްޔާރުކުރި ޕެޓިޝަން، އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވާލާ ތައްޔާރު ކުރި ޕެޓިޝަން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by MWSC

މި ޕެޓިޝަނަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިޔާތަކާއި ކްލަބްތައް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މިކަން ހާމަކޮށް ރައިޓް މޫވްމަންޓު ޖަމިއްޔާއިން ބުނީ މަޖިލީހަށް މި ޕެޓިޝަން ހުށަހަޅާފައި ވަނީ 1000 މީހުންގެ ސޮޔާއެކު ކަމަށެވެ.

އެގޮތުން މި ޕެޓިޝަންގައި ސޮއިކުރުން މި ފެށޭ ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް ކުރިޔަށް ދާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

ރައިޓް މޫވްމަންޓުން ބުނީ އެ ދުވަހާއި ހަމައަށް ޕެޓިޝަނުގައި ސޮއި ކުރާ ހުރިހާ ފަރާތެއްގެ ސޮޔަކާއެކު ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަން ހުށަހެޅުމަށް  ނިންމާފައިވާ ކަމަށެވެ.

މި ޕެޓިޝަނަށް މިހާތަނަށް މާލެއިން 10،000 އަށްވުރެ ގިނަ ސޮއެ ލިބިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައިޓް މޫވްމަންޓުން ހާމަކުރެއެވެ.

ރައިޓް މޫވްމަންޓުން ވަނީ މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައިގެން މި ހަރަކާތް އެ ރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެދިފައެވެ.

މި ޕެޓިޝަނުގެ މަސައްކަތުގައި ރައިޓް މޫވްމަންޓާއެކު  މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

ރައިޓް މޫވްމަންޓުން ވަނީ މިހާތަނަށް މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

Ads by HDC
  1. ބަދުރުއް ނަސީރު

    އޮންލައިން ކޮށް ޕެޓިޝަންގައި ސޮއި ކުރެވޭނެ ލިންކެއް ނެތް ނެތްތޯ؟

  2. ނަަސީރު

    ރަނގަޅުކަމެއް، އެކަމަކު ތިކަމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުފެނެ. ރާއްޖޭގަހުރި އިޒްރޭލުގެ އުފެއްދުމެއް ކަމަށްވާ ކޮކާކޯލާ ފެކްޓްރީ ބަންދު ކުރެވިދާނެބާ!؟