ރީކޯ މޫސަ މާވަށު ދާއިރާއަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ޓިކެޓުގައި މާވަށު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމަވައިފިއެވެ.
މިކަން ހާމަކޮށް މޫސަ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލ. މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށެވެ.
ހަމަ އެހެންމެ އުއްމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުން ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައިއެވެ.
މޫސަ ވަނީ މީގެ ކުރިން ލ. އަތޮޅު މެންބަރެއްގެ ގޮތުގައި އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރެއްގެ ގޮތުގައި ވެސް ދެ ދައުރެއްގައި މަޖިލީހަށް ހޮވިވަޑައިގެންފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް މޫސަ ވަނީ ކުރައްވާފައެވެ.