ރައީސް އޮފީހުގެ ތަރުޖަމާނުކަމުން ޝަހީބް ވަކިކޮށް، ފޮރިން މިނިސްޓްރީއަށް

ރައީސް އޮފީހުގެ ތަރުޖަމާނު ކަމުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބް އެ މަގާމުން ވަކި ކުރައްވައިފިއެވެ.
ރަސްމީކޮށް އެކަން ރައީސް އޮފީހުން އިއުލާނު ނުކުރި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުގައި އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.
އޭނާ ތަރުޖަމާނުކަމުން ދުރުކުރި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް ޝަހީބު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 13 ގައެވެ.
ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރެކެވެ.
އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު ހަވީރުގެ ރަން ގަލަން އެވޯޑު އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން އެވޯޑު ހާސިލުކުރައްވައިފައެވެ. އަދި ލިޔުންތެރިކަމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު، 2007 ވަނަ އަހަރު ލިބިފައިވެއެވެ.
ޝަހީބު ވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފައެވެ.




-1793808498597%20(1).webp)


ކޮމެންޓް