ދުނިޔެ

92 އަހަރުގެ މި މީހާ އިސްތަށިގަނޑު ނުދޮވެ، ނުކޮށާ އުޅޭތާ 80 އަހަރު: ދިގުމިނުގައި 5 މީޓަރު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

 

Ads by Sosun Fihaara

މިއީ 92 އަހަރުގެ މީހެއްގެ ވާހަކަ އެވެ. އިސްތަށިގަނޑުގައި 5 މީޓަރުގެ ދިގުމިން ހުންނަ މީހެއްގެ ވާހަކަ އެވެ. މީނާ އަކީ ވިއެޓްނާމްގެ ވިލެޖަކަށް ނިސްބަތްވާ މީހެކެވެ. މި މީހާ އިސްތަށިގަނޑުގައި އަތްނުލާ ހުރި ސަބަބަކީ އޭނާގެ ގަބޫލު ކުރުމެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މީހެއްގެ ބޮލުގައި ހުންނަން ޖެހޭނީ އަތް ނުލެވިއެވެ.

ޗިއެން އަކީ އެތައް ކަލާނގެއަކަށް އަޅުކަން ކުރާ މީހެއް ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި އިސްތަށިގަނޑު ދިގު ކުރުމަކީ އޭނާގެ ދީނުގައި އޮންނަ ކަމެއް ކަމުގައި އޭނާ ގަބޫލު ކުރެއެވެ. އޭނާ ސުކޫލުން ކެނޑުނީ ވެސް އިސްތަށިގަނޑު ކޮށަން ޖެހުމުން ކަމުގައި މީޑިއާތައް ރިޕޯޓް ކުރެއެވެ.

ޗިއެން ނަމަކަށް ކިޔާ މި މީހާ މިހާރު އިސްތަށިގަނޑު ނުކޮށާތާ 80 އަހަރު ވެއްޖެއެވެ. އެގޮތުން އޭނާ ސުކޫލުން ގުރޭޑް ތިނަކުން ކެނޑުނު ފަހުން އޭނާގެ އިސްތަށިގަނޑު ނުވެސް ކޮށާ ކަމަށާއި ފުނާވެސް ނާޅާ ކަމަށާއި އަދި ނުވެސް ދޮންނަ ކަމަށް މީޑިއާތައް ބުނެއެވެ.

މިމީހާގެ އިސްތަށިގަނޑުގެ ދިގު މިނުގައި 5 މީޓަރު މިހާރު ހުރެއެވެ. އެއީ ގާތްގަނޑަކަށް 16 ފޫޓެވެ. އަޅުގަނޑުމެން އާދައިގެ ދިވެއްސެއްގެ ގައިގައި ވެސް ހުންނަނީ 5 ފޫޓު ނުވަތަ 6 ފޫޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!