ޚަބަރު ސަރުކާރު ސިޔާސީ

މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ޝިޔާމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މަސްވެރިން ބާނާ މަސް ކިރުމާއެކު ވަގުތުން މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން  އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިޔާމް މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަސްދޯނިފަހަރުގައި މަސައްކަތް ކުރާނެ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭ ފައިސާކޮޅު، ނޫނީ މަސްވެރިން މަސް ކިރައިފައި އެ ލިބޭ ފައިސާ ބަރާބަރަށް އިރާދަކުރެއްވިއްޔާ މަސްވެރިންނަށް މާ ލަސްތަކެއް ނުވެ، ލިބޭނެ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެކަން އެނގިހުރެ މަސްވެރިންނާ ހަވާލުވީ، ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާ ރައީސް ހަވާލުވެލެއްވީ. އެ ކަން ހައްލުކުރުމުގެ މަސައްކަތްޕުޅު އެމަނިކުފާނު ރެއާދުވާލު އެބަ ކުރައްވާ. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް މަސްވެރިން ކިރާފައި ލިބޭ ފައިސާކޮޅު އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ ނިޒާމު ރައީސް އެބަ ވަރަށް އަވަހަށް ހަމަޖައްސަވާ،" އޭނާ ވިދާޅުވ އެވެ.

މީގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 267 މިލިއަން ރުފިޔާ ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު ދީ ނިންމާފައި ވާއިރު، މިނިސްޓަރު ޝިޔާމް ވިދާޅުވީ  މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އަދިވެސް ގިނަ އަދަދެއްގެ ފައިސާ ނުދެވި އެބަހުރި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!