Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

އައިޔޫއެމްގެ ލާނިން ސެންޓަރެއް ރ. އުނގޫފާރުގައި ހުޅުވައިފި

އައިޔޫއެމްގެ ލާނިން ސެންޓަރެއް ރ. އުނގޫފާރުގައި ހުޅުވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ލާނިން ސެންޓަރެއް ރ. އުނގޫފާރުގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި އުނގޫފާރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރެވެ.

އައިޔޫއެމްގެ ލަރނިންގ ސެންޓަރު ގާއިމްކޮށްފައި ވަނީ އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒުގައެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން މި ސެންޓަރުގައި 4 ކްލާސްރޫމާއި އިދާރީ އޮފީހަކާއި ލައިބްރަރީ އެއް ޤާއިމްކޮށްފައި ވެއެވެ.

މި ސެންޓަރު ހުޅުވައިދެއްވާ ޑރ. ޢަލީ ޒާހިރު ވަނީ މަރުހޫމް ޑރ.އަފްރާޝީމް ޢަލީ ފަދަ އަގުހުރި ޚިދުމަތްތެރި ދީނީ ޢިލްމުވެރިއެއްގެ ހަނދާނުގައި ބިނާކޮށްފައިވާ މިފަދަ އިސްލާމީ މަރުކަޒެއްގައި އެ މަނިކުފާނު ތައުލީމު ހާޞިލުކުރެއްވި އަދި އުސްތާޒެއްގެ ގޮތުގައި އެތައް އަހަރެއްވަންދެން ކިޔަވައިދެއްވާފައިވާ ޔުނިވަރސިޓީގެ ސެންޓަރެއް ހުޅުވިގެންދާކަމީ ތާރީޚުގައި ލިޔެވިގެންދާ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

ހަަމަ އެހެންމެ ޢިލްމު އުނގެނުމުގެ މުހިއްމު ކަމާއި ޢިލްމުގެ އެހީގައި މީހުންގެ ދިރިއުޅުމާއި ނަފްސުގެ ތަރައްޤީއަށް ގެނެވޭ ހެޔޮ ބަދަލުގެ މައްޗަށްވެސް ޑރ. އަލީ ޒާހިރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި އައިޔޫއެމް ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، އުނގޫފާރު ކައުންސިލްގެ ރައީސް އާއި ފުލުހުންގެ ރ.އަތޮޅު ކޮމާންޑަރާއި ރ.އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އާއި ރ.އަތޮޅު ކައުންސިލް، އުނގޫފާރު ކައުންސިލް، އުނގޫފާރު ސްކޫލް އަދި އުނގޫފާރު ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި މުވައްޒަފުން އަދި އާންމުން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް