Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ދައްކަމުންދަނީ ހައްދުފަހަނަ އަޅާފައިވާ ޤައުމިއްޔަތެއް، މިއީ ނުރައްކާތެރި ކަމެއް: ޖީހާން

ސަރުކާރުން ދައްކަމުންދަނީ ހައްދުފަހަނަ އަޅާފައިވާ ޤައުމިއްޔަތެއް، މިއީ ނުރައްކާތެރި ކަމެއް: ޖީހާން

ސަރުކާރުން ދައްކަމުންދަނީ ހައްދުފަހަނަ އަޅާފައިވާ ޤައުމިއްޔަތެއް ކަމަށާއި މިއީ ނުރައްކާތެރި ކަމެއް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖީހާން ވިދާޅުވީ މިއަދު ފެނިގެން މިދަނީ ޤާނޫނީ އިމުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ފަސްޖެހިއްޖެ ނަމަ މުޅި ނިޒާމާއި މުޅި ދުސްތޫރަށް އޭގެ އަސަރުކުރާނެ މަންޒަރު ކަމަށެވެ.

“އަޅުގަނޑު ކުރިން ވެސް ދަންނަވާލިހެން އެކްސްޓްރިމިސްޓް ނުވަތަ ހައްދުފަހަނަ އެޅި ޤައުމިއްޔަތު، މި ދައްކާ ޤައުމިއްޔަތަކީ ހަގީގަތުގަ ނުރައްކަތެރި ކަމެއް. މިއީ މިއަދު އަޅުގަނޑުމެން ޤާނޫނީ އިމުގެ ތެރެއިން އަދި މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ފަސްޖެހިއްޖެ ނަމަ މުޅި ނިޒާމާއި މުޅި ދުސްތޫރަށް ހަލާކުކޮށްލުމަށް ދެވޭ ފުރުސަތެއް ކަމަށް ވަރަށް ސާފުކޮށް މިއަދު ފެނިގެން ހިނގައްޖެ” ޖީހާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޖީހާން ވިދާޅުވީ ހައްދުފަހަނަ އަޅައި ގޮސްފައިވާ ޤައުމީ ރޫހުގައި މެމްބަރުންނާއި ސިޔާސީ ބޭފުޅުންނާއި އަދި ގޭންގުތައް ބޭނުންކޮށްގެން ދަޢުލަތުގެ އެއް ބާރަށް ސަރުކާރު ްދިން ހަމަލާ އަކީ ފޫބެއްދޭނެ ގެއްލުމެއް ކަމަށް ނުދެކޭ ކަމަށާއި މަޖިލީހުގައި ހިނގައިދިޔަ ކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން އަބަދުވެސް މަސައްކަތް ކުރާނީ ޒިންމާ އަދާކުރުމަށް ކަމަށާއި ދިމާނާ ގޮންޖެހުންތަކާއެކު ވެސް ހިތްވަރާއެކު ކުރިޔަށްދާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް