ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ

ރ. އަތޮޅުގައި އޮންނަ މާމުނާގައު ރިސޯޓުން ފުރައިގެން އެ އަތޮޅު ކިނޮޅަހަށް ދަތުރު ކުރަނިކޮށް ގެއްލުނު ޑިންގީ ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:45 ގައި ކަމަށާއި ގެއްލުނީ 15 ފޫޓްގެ ޑިންގީއެއް ކަމަށެވެ. އަދި އޭގައި ދެ މީހުން ދަތުރުކުރި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އެ ޑިންގީ މިއަދު މެންދުރު 12:13 ހާއިރު ކިނޮޅަހަށް ވަދެފައިވާ ކަމަށް އުޅަނދުގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.