ޚަބަރު ސަރުކާރު

ގެމަނަފުށީގައި ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގއ. ގެމަނަފުށީގައި އަލަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

Ads by STELCO

އެގޮތުން މިއީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސުޓޭޓް މިނިސްޓަރ ޢަބުދުﷲ ސައުދާނެވެ.
ގެމަނަފުށީގައި އަލަށް ބިނާ ކުރާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. މި މަޝްރޫޢު ނިންމުމަށް އީވޯސަން މޯލްޑިވްސްއަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކެވެ.

މިއީ ދައުލަތުގެ ބަޖެޓުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!