ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހޮވިއްޖެނަމަ ޕާޓީ ބަދަލު ނުކުރަން ހުވާކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން، މަޖިލީހަށް ހޮވުމުންވެސް ޕާޓީ ބަދަލު ނުކުރާނެ ކަމަށް މާތް ﷲ ގަންދީ ހުވާކޮށްފިއެވެ.

Ads by MWSC

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ގޮނޑި ކާމިޔާބުވުމުންވެސް ޕާޓީ ބަދަލު ނުކުރުމަށް ކެންޑިޑޭޓުން ހުވާކޮށްފައި ވަނީ ރޭ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި "މިސްރާބު ހަމަ މަގަށް'' ޖަލްސާގައެވެ.

އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހުވާލައިދީފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން  ފައްޔާޒު އިސްމާއީލްއެވެ.

އެގޮތުން އެ ހުވާގައި ބުނެފައި ވަނީ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ މާތްﷲ ގަންދީ ހުވާކުރާ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން، މަޖިލީހަށް ހޮވުމުންވެސް ޕާޓީ ބަދަލު ނުކުރާނެ ކަމަށް މާތް ﷲ ގަންދީ ހުވާކުރުވާފައި ވާއިރު ސިޔާސީ މަޤާމުތަކަށް ހޮވޭ ފަރާތްތައް މަޤާމަށް އިންތިޚާބުވުމަށްފަހު ދައުރު ހަމަ ނުވަނިސް ޕާޓީ ބަދަލުކުރުމަކީ ވަރަށް އާންމު ވެފައިވާ ކަމެކެވެ. މިގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގައި ތިއްބެވި 13 މެމްބަރަކު ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!