ޚަބަރު އިޖުތިމާޢީ

ކައުންސިލަރުންނަށް ކައުންސިލިން ދޭން މިނިސްޓްރީން ހުށަހަޅައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް، އެލްޖީއޭގެ ބައްދަލުވުމެއް ޗެއާ ކުރައްވަނީ/ ފޮޓޯ: އެލްޖީއޭ

ކައުންސިލަރުންނަށް ބޭނުންވާ ކައުންސިލިން ފޯރުކޮށްދޭން ''ސެލްް'' އެއް ގާއިމުކުރަން މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް، ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ލަފާއަރުވައިފިއެވެ.

Ads by Sosun Fihaara

އެ ލަފާއަރުވާފައިވަނީ ހުސްވި ހަފްތާގައެވެ. މި ނޫހާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެފަދަ ސެލްއެއް ގާއިމުކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކައުންސިލިން ދޭން ފެށުމުން ކައުންސިލުތަކުގައި ދިމާވާ މައްސަލަތަކުން އަރައިގަތުމަށް އެމީހުންނަށް ބޭނުންވާ އިރުޝާދުތައް ލިބޭނެ ކަމަށެވެ. އަދި ކައުންސިލުގައި ހިނގާ މައްސަލަތައް މަދުކުރެވިގެންދާނެ ކަމަށެވެ.

ވިދާޅުވީ ކައުންސިލުތަކުގައި މައްސަލަތައް ދިމާވަނީ ހަމައެކަނި އިދާރީ ކަންކަމާ ގުޅިގެން ނޫންކަމަށެވެ. ސިޔާސީ ކަންތައްތަކާއި އާއިލީ މައްސަލަތައް އަދި ރަށު ތަރޭގައި ޖެހިގެންދާ މައްސަލަތަކުގެ ސަބަބުންވެސް ކައުންސިލުތަކުގެ މަސައްކަތައް ބުރޫ އަރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

''އެހެން ހިނގާ ހުރިހާ ކަމަކަށް މިދަނީ ފިޔަވަޅު އަޅަމުން'' ކައުންސިލްތަކުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ކައުންސިލިން އަށް ބޭނުންވާ ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރެވިގެން ދާނެ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ އެލްޖީއޭއިން ގދ. ވާދޫގެ ހުރިހާ ކައުންސިލަރުން މަގާމުން އެކަހެރި ކުރަން ނިންމުމާއި ގުޅިގެންނެވެ. އެކަމާ ގުޅޭގޮތުން އާދަމް ޝަރީފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

  1. ގޮދާ ހަސަނު

    ރައްރަށުގެ ކައުންސިލަރުން ރާއްޖޭގެ ވެރިކަމުގައި ތިބޭ ބަޔަކާއި ޚިޔާލު ތަފާތުވުން އެ އީ ކައުންސިލިންގ ދޭންޖެހޭ ކަމެއް ވިއްޔާ، މިޤައުމު މިދަނީ ޑިކްޓޭޓަރ ޝިޕަކާއި ދިމާ ޔަކާށް ނޫން ބާވައޭ ހިތަށް އަރާ.