ޚަބަރު ސަރުކާރު

އަތޮޅަށް އާރުޓީއެލް ފެރީ ނިޒާމު ބޭނުންވޭ: މަޑުއްވަރީ ކައުންސިލް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރ.އަތޮޅަށް އާރު.ޓީ.އެލް ފެރީގެ ނިޒާމު ބޭނުންވާ ކަން ހާމަކޮށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މަޝްވަރާ ކުރައްވައިފިއެވެ.

Ads by STELCO

މި މަޝްވަރާ ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާގުޅޭ ގޮތުން ރައީސް މުޢިއްޒު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ކޮމިޓީއާއެކު ހޮނިހިރު ދުވަހު، ރ. މީދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން އިތުރުކުރެވެން އޮތް މިންވަރަކަށް ބިން އިތުރުކުރުމަށް އެދުމާއި ގޮދޮރުވެރިކަމުގެ ފުރުޞަތު އިތުރުކުރުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމާއި ސްކޫލުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ރަށްގިރުމުގެ މައްސަލައާ ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުން އަދި މިހާރު ކުރިޔަށްދާ ބިނާރުގެ ބައެއް މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލުން ބޭނުންވާކަންކަން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި އަތޮޅަށް އާރު.ޓީ.އެލް ފެރީ ނިޒާމު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ އ.ތ.މ ކޮމިޓީން ވަނީ ޖުމްލަގޮތެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ބައެއް ދަތި މައްސަލަތައް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!