ޚަބަރު

ވިލިނގިލި ރައްޔިތުން އެއްވެސް ރަށެއްގެ ރައްޔިތަކާ މެދު ތަފާތެއް ނުކުރާނެ: ސައުދު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ގއ. ވިލިނގިލި ރައްޔިތުން އެއްވެސް ރަށެއްގެ ރައްޔިތަކާ މެދު ތަފާތެއް ނުކުރާނޭ ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅު ވެއްޖެއެވެ.

Ads by STELCO

ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް، އިތުރު ފަރުވާއަށް ގދ. ތިނަދޫ އިން ގެންދިޔަ ފައްސިވި ބަލިމީހަކު އެ ރަށަށް އެރުވުމާއި ދެކޮޅަށް އެރަށުގެ މަދު ބަޔަކު ނުކުމެވަނީ ހުރަސް އަޅާފައެވެ. މި މައްސަލަ ހޫނު ވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ވިލިނގިއްޔަށް ފާޑުކިޔައި މީސް މީީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިނގިލި ރައްޔިތުން އެއްވެސް ރަށެއްގެ ރައްޔިތަކާ މެދު ތަފާތެއް ނުކުރާނޭ ކަމަށާއި އަބަދުވެސް ކިޔާނީ މަރުހަބާ ކަމަށެވެ.

"ކަން ދިމާވި ގޮތް ރަނގަޅަށް ސާފު ކުރުމަށް މީޑިއާތަކާއި ޑރ. ނަޒްލާ އަށް ގޮވާލަން. އެޗްޕީއޭ އާއި ގއ. އަތޮޅު ހޮސްޕިޓަލު މެނޭޖަރާއި ގއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިހުމާލަށް ފިޔަވަޅު އަޅަން ޖެހޭ." ސައުދު ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިކަން ހިނގާދިޔަގޮތާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އެ އެޗްއީއޯސީން ކުރަމުން ދާކަމަށާއި މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

Ads by HDC
  1. ނޫސްކިޔާމީހާ

    ކިހާވަރަކަށް ތަފާތު ކުރީމަ ތޯ ތަފާތު ކުރެވޭނީ