ޚަބަރު ވިޔަފާރި

މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މެލޭޝިއާގެ ގައުމީ އެއާލައިން, މެލޭޝިއާ އެއާލައިންސް (އެމްއެޗް) ގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައި، ޓިކެޓް ވިއްކަން ފަށައިފިއެވެ.

އެ އެއާލައިން އާއި ހަވާލާދީ މެލޭޝިއާގެ ނޫހެއްގައި ބުނެފައިވަނީ، މެލޭޝިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓު އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މި ދަތުރުތައް ކުރަން ފެށުމުން، ދުވާލަކު އެއް ދަތުރު ވެރިރަށް ކުއާލަލަމްޕޫރާއި ރާއްޖެއާ ދެމެދު ކުރާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ އިތުރުން ތައިލެންޑްގެ ޗިއަންމައި އަދި ވިއެޓްނާމްގެ ޑަނަންގްއަށް ވެސް އެ އެއާލައިންގެ ސީދާ ދަތުރުތައް ކުރަން ވަނީ ނިންމާފައެވެ.

އެ އާއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޑެރްސެނިޝް އަރޭސަންދިރަން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ، މާކެޓުގައި ވަރަށް ބޮޑު ވާދަވެރި ކަމެއް އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިއަދު މާކެޓުގައި ޓިކެޓް ހުރި އަގަކީ، އެއީ މިހާރު ޓިކެޓް ލިބޭނެ އެންމެ ރަނގަޅު އަގު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!