ޚަބަރު ސަރުކާރު

ފައިނުގައި އެއާޕޯޓް އަޅަން ރައީސް ނިންމަވައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރ. ފައނު

ރ. ފައިނުގައި އެއާޕޯޓް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދުވަނީ މިކަން ރަސްމީކޮށް ހާމަކުރައްވައި، އެ އޮފީހުން ކުރިން ނެރެފައިވާ ގަރާރު ވަނީ އާންމު ކުރައްވާފައެވެ.

އެ ގަރާރަކީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުށް ނެރެފައިވާ ގަރާރެކެވެ.

އިސްލާހުތަކާ އެކު އާންމުކުރި ގަރާރުގައި ބުނެފައިވަނީ، އިގުތިސާދަށް ނަފާ ހޯދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް ގާއިމްކުރަން ނިންމާފައިވާއިރު އެ ތަންތަނުގެ އެންމެ ކުޑަ އިންވެސްޓްމަންޓްގެ އަދަދަށް ރައީސް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.

އެގޮތުން ފައިނު ހިމެނޭގޮތަށް ނުވަ ސަރަހައްދެއްގައި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި 5،000،000 މިލިއަން ޑޮލަރު ވަނީ ހިމަނުއްވާފައެވެ.

ފައިނުގައި އަޅަން ނިންމި އެއާޕޯޓް އަނބުރާ ގެނެސްދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ވަނީ، އެ އަތޮޅުގެ ދެކުނުބިތަށް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި،  ފައިނުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!