ޚަބަރު ސަރުކާރު ސިޔާސީ

ރައީސް އިދިކޮޅަށް ރައްދު ދެއްވީ ނަންބަރުން، އޭރު ވެސް ހުއްޓިފައި

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސް ޑރ. މުޙައްމަދު މުއިއްޒު

''އަޅުގަނޑު މިރޭ ގަސްތުކުރަނީ، އަދަދުތަކުން މިރޭ މި ވާހަކަ ފެކްޗުއަލީ ހިއްސާކުރަން. އެކަން ކަމަކީ ކޮންމެ ބޭފުޅަކަށްވެސް މީޑިއާގެ ބޭފުޅުންނަށްވެސް ޖާނަލިސްޓުންނަށްވެސް ބެއްލެވޭނެ ކަންކަން، އަޅުގަނޑު ދައްކާ ވާހަކައެއްގައި އެއަށް ބެކް ނުކުރެވޭނެ ވާހަކަ އެއް ނުދައްކާނަން'' ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ މެދު ތެރެއިން ރައީސް ވިދާޅުވީ މިހެނެވެ.

Ads by STELCO

އެއަށް ފަހު އެމަނިކުފާނު އަމުނާލެއްވީ މަޝްރޫއުތަކުގެ ލިސްޓެކެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު، މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައްދު ދެއްވީ ނަންބަރު ތަކުންނެވެ. ފޮނުއްވެވީ ބަހުގެ ހޫނު ހަމަލާތަކެކެވެ. ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލަމުންދާ އޮޅުވާލުންތަކުގެ ހަގީގަތް ހާމަކުރައްވާނީ ކެރިވަޑައިގެން ކަމަށެވެ.

ވަކި ވަކިން މަޝްރޫއުތަކުގެ ލިސްޓެއް ރައީސް ދެއްވިއެވެ. ކުރީ ސަރުކާރުން ކޮޮށްފައިވާ މަސައްކަތާ މި ސަރުކާރުން ކުރެވެމުންދާ މަސައްކަތެވެ. އެމަނިކުފާނު ވިދާޅުވި ގޮތުންނަމަ 527 މަޝްރޫއެއް ކުރިއަށް އެބަދެއެވެ.

ވިދާޅުވީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިގެން ދިޔައިރު 20 މިސްކިތްތަކެއްގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށެވެ. ނަމަވެސް މިސްކިތްތަކުގެ އަދަދު އިތުރުކޮށް، 42 މިސްކިތެއްގެ މަޝްރޫއު ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު ހިއްސާ ކުރެއްވީ ތައުލީމީ ދާއިރާގެ މަޝްރޫއުތަކުގެ ތަފްސީލެވެ. ވިދާޅުވީ ކުރީ ސަރުކާރުން 90 ރަށެއްގެ ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތައް އޮތީ ހުއްޓުމަަކަށް އައިސްފައި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމުންނެވެ. އެ ފައިސާ ދައްކާ ހަލާސްކުރުމަށް ފަހު ތައުލީމީ ދާއިރާގެ 217 މަޝްރޫއުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ ސިޔާސަތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިވެގެން ހުޅުމާލޭގެ އިތުރުން 11 ރަށެއްގައި 2220 ހައުސިން ޔުނިޓު ގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން 527 މަޝްރޫއު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ މީހުން އެއްވެފައި އޮތް އެ ޖަލްސާގައި ރައީސް ވިދާޅުވީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) އާ ގުޅިގެން ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކެއް ފަށާފާއިވާ ކަމަށެވެ. އޭޑީބީގެ 75 މިލިއަން ޑޮލަރުގެ ހިލޭ އެހީ ޕްރޮޖެކްޓުގައި ސަރުކާރުން ވަނީ މިހާރު ސޮއިކޮށްފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން، ފެނާއި ވަޔާ ސޯލާ ޕަވާ ބޭނުން ކޮށްގެން 20 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްޑޭޓު ކުރުމުގެ މަސައްކަތާއި، 40 ރަށެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްވެސް އެބަ ހިނގާ ކަމަށެވެ. ހަ  ރަށެއްގައި ކުުނި މެނޭޖުކުރާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ ހުރިހާ ވާހަކައަކަށް ފަހު ރައީސް އެދިވަޑައިގެންނެވީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަަށެވެ.

Ads by HDC
  1. އަބުދުއްލާރަޝީދު

    މުޢީޒު ތިޔަވިދާޅުވާ އަތޮޅުތަކުގެ ރައްތަރުގެވާހަކަނޫންތޯ އެރަށަކައް އެއަތޮޅަކައްކޮއްފައިވާމަސައްކަތްއެގޭނެ އެބަޔަކައް
    ދޭތެރެޖައްސަން ދޮގުހަދަމުންތިގެންދަވަނީ ދޮގުހަދާތީވެ ވޯޓުނުދޭމީހުންެއެބަތިބިއާދޭސްމިކުރީ ދޮގުނަހަދާމައިތިރިވެ ވަޑާންނަވާ ދޮގާއޮޅުވާލާގެންވެރިކަމުގަތިއިއްނެވީ އެހިތާމާގަ އެވޭނުގަތިބި މީހުންއަދިވެސް އެތިބަހަލާކުވަނީ
    ބޮނޑުވަރެއް

    • ދެރަދޯ

      ރަޢްތައްވެސް ކިޔާލިނަމަ ހަދާ ތެދުވެސް އެގު ނީސް ތާ. ހިތައް އެރި އެއްތެއް ލިޔެފަ ދިނީމަ ކިޔަނީ. ޞޯހަލާކު. ޕީއެންސީ އިން އެމްޑީޕީ އަށް ތާއީދު ކުރި މެމްބަރު ނަނަވެސް ބޯޑްގަ ފޮޓޯޖެހިނަމަ. ކޮބާ ހަރާން ހުކުމް ވާހަކަ ކިޔާލިނަމަ. ސަރުއީ ދާއިރާ އަށް ގޮންޖެހި ގުރޫޕް

  2. ނިޒާރު

    ޢެމް.ޑީ.ޕީ ގެ ދޮގުތައް ފަޅާއެރީ..