ލައިފްސްޓައިލް

ސަމާލުވޭ! ފޯނަށް އަޅާ މިއެޕްލިކޭޝަންތަކުގެ ސަބަބުން ބެންކު އެކައުންޓުތައް ވެސް ހެކް ވެދާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓުތަކަށް އަޅާ އެޕްލިކޭޝަންތަކަށް ސަމާލުވުމަށާއި، އެގޮތުން ހަ އެޕްލިކޭޝަނެއް ނޭޅުމަށް ސަމާލުކަން ދިނުމަށް ޕްރާޑިއޯގެ ރިސާޗަރުންތަކެއް އިލްތިމާސް ކޮށްފިއެވެ.

Ads by Hajj Corporation

ރިސާޗަރުން ބުނި ގޮތުގައި މިއެޕްލިކޭޝަންތަކުގެ ސަބަބުން ފޯނު ހެކްވެ، ފޯނުން އެމީހެއްގެ ބެންކު އެކައުންޓުތަކަށް ވެސް ހެކަރުންނަށް ވަދެވިދާނެއެވެ.

ރިސާޗަރުން ބުނިގޮތުގައި މިއެޕްލިކޭޝަންތަކުން ފޯނަށް "ޑަބްޑް ޖޯކަރ" ކިޔާ މަލްވެއާރއެއް ފޮނުވައެވެ.

"ޖޯކަރ އަކީ ނުރައްކާތެރި ބޮޓެއް. އާއްމުކޮށް އެނގިފައިވާ ގޮތުގައި އެއީ 'ފްލީސް ވެއާރ އެއް. އޭގެން އެހެންމީހުންގެ އެކައުންޓުތަކަށް ވަދެވިދާނެ. " ޕްރާޑިއޯ އިން ބުނެފައިވެއެވެ.

"ދަ މިރޯ" ގައި ބުނެފައި ވަނީ މިދިއަ އަހަރުވެސް ޖޯކަރ ފަދަ މެލްވެއާ ފޯނުތައް ވަދެފައިވާ ކަމަށެވެ.
އެފޮތުން ފޯނާއި ޓެބްލެޓުތަކަށް ނޭޅުމަށް ބުނެފައިވާ އެޕްލިކޭޝަންތަކަކީ:
▪︎ ސޭޕްޓީ އެޕްލޮކް
▪︎ ކޮންވީނިއެންޓް ސްކޭނަރ 2
▪︎ އިމޯޖީ ވޯލްޕޭޕަރ
▪︎ ޕުޝް މެސެޖް- ޓެކްސްޓިންގ އެންޑް މެސެޖިންގ
▪︎ ސެޕަރޭޓް ޑޮކް ސްކޭނަރ
▪︎ ފިންގަރ ޓިޕް ގޭމްބޮކްސް

ރިސާޗަރުން ބުނެފައިވާ ގޮތުގައި ޖޯކަރ އަކީ ކުޑަ ކޯޑަކުން އުފައްދާފައިވާ މެލްވެއާއެއް ނަމަވެސް، ފޯނަށް އޭތި ގޮސްފިނަމަ ހޯދަން އުނދަގޫވެ ފޯނު ހެކް ވުމުން ސަލާމަތް ކޮށްދޭން ވެސް އުނދަގޫވެއެވެ.

Ads by Allied Insurance
  1. ނަޒީހާ

    ތި ފަރާތުން ސާއިރު ކުރި މިހަބަރު ގައި އެވާ ސައިޓް ތަކުގެ ލޯގޯ އެގޭނެ ފަދަ ގޮތަކައް ސާއިރު ކުރިނަމަ ރަގަޅު ވާނެ ؟؟؟؟؟؟؟

    • ޢަބުދުލާ

      ޥަރައްރަގަޅު ވާހަކައެއް ތިބުނީ