ޚަބަރު

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ސަލާމަތުން ހުއްޓާ ފެނިއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

މ. މެދުފުށި ކައިރީ ފަޅުތެރެއަށް ޑިންގީއެއްގައި ސްނޯކްލިންއަށް ދިޔަ ތިން މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ސަލާމަތުން ހުއްޓާ ފެނިއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު ސްނޯކްލިން އަށް ދިޔަ ޑިންގީއެއްގައި މެދުފުށި ކައިރީ ފަޅުތެރެއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް ކައިރީ އޮތް ފަރުމަތީގައި ސަލާމަތުން ހުއްޓާ ފެނިފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ލޯންޗަށް ނަގައިގެން އެމީހާ މިހާރު މ.މުއްޔަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ ލޯންޗަށް އެމީހާ ފެނިފައިވަނީ މިރޭ 8:50 ހާއިރުއެވެ.

  1. الحمدالله