Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
އެޑްވަޓޯރިއަލް

ދިރާގު ސަޅި ޕްރީޕެއިޑުން ދުވާލަކު 2 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަން ހުރިހާ ޕެކޭޖްތަކަށް އިތުރު ކޮށްފި

ދިރާގު ސަޅި ޕްރީޕެއިޑުން ދުވާލަކު 2 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަން ހުރިހާ ޕެކޭޖްތަކަށް އިތުރު ކޮށްފި

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން މިހާރު ކުރިއަށް ދާ ޕްރޮމޯޝަން 14 އޮކްޓޯބަރ 2021އާ ހަމައަށް އިތުރު ކޮށްފިއެވެ. މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖަކުން ވެސް ދުވާލަކު 2 ޖީބީ ޑޭޓާ ލިބުމުގެ އިތުރުން ސޯޝަލް މީޑިއާ ޑޭޓާގެ އަދަދު 5 ގުނަ އިތުރަށް ލިބިގެން ދާނެއެވެ.

ޕްރޮމޯޝަން ދުވަސްކޮޅު، ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ވީކްލީ، ސަޅި 2 ވީކްސް އަދި ސަޅި މަންތްލީ ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާގެ އިތުރުން އިތުރު ސޯޝަލް މީޑިއާ ޑޭޓާ އެ މުއްދަތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުން ވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުންވަރަކަށް ގުޅައިލެވޭނެއެވެ. މިއާ އެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

<img class="alignnone wp-image-114556 size-full" src="https://cdn.dhen.mv/wp-content/uploads/2021/09/Screenshot-2021-09-16-at-20.02.55.png" alt="" width="2014" height="686" />

Advertisement
Allied Insurance — Square (box)

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެއެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެއެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާ އެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް