Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އުމްރާވެރިން ގެންދަން ބޭނުންވާ ގްރޫޕްތަކަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

އުމްރާވެރިން ގެންދަން ބޭނުންވާ ގްރޫޕްތަކަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ މީހުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު <a href="https://www.gazette.gov.mv/iulaan/288635">އިއުލާނެއްގައިވާ</a> ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހު 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ ގޮތުން ފެބުރުވަރީ 9، 2022 ވީ ބުދަ ދުވަހު އެ މިނިސްޓްރީއިން ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށް ކަމަށް އިއުލާނުގައިވެ އެވެ.

Advertisement
Ooredoo — Square (box)

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައިކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައިއެވެ.

ޕްރޮޕޯޒަލްތައް ބަލައިގަންނަން ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި މަހު 16 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް