ޚަބަރު

އަލުން ޚިދުމަތް ދިނުމުގެ ހުއްދަ 101 ސަފާރީއަކަށް ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަތުރުވެރިންނަށް ޚިދުމަތްދޭ 101 ސަފާރީއަކަށް، އަލުން އެޚިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.

Ads by Sosun Fihaara

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކުރި ޓްވީޓެއްގައި ބުނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ހިދުމަތްދޭ 101 ސަފާރީއަކަށް އަލުން ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ކަމަށެވެ.

މިހާރުވެސް 97 ސަފާރީއަކުން ހިދުމަތް ފަށާފައިވާއިރު އެމްބީއޭއެމް އިން ބުނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ފަށަން ބޭނުންވާ ސަފާރީތަކުގެ ތެރެއިން ހަތަރު ސަފާރީއަކަށް އަލުން ފެށުމުގެ ހުއްދަދޫކޮށްފައިވާ ކަމަށެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުއްދަ ދީފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ސަފާރީތަކަށެވެ.އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމެއް ހުށަހަޅަން ޖެހެއެވެ. އަދި ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމް ވެސް މިނިސްޓްރީ އަށް ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރުން ސަފާރީން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ވެސް އެމިނިސްޓްރީ އަށް ހުށަހަޅަންޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!