ޚަބަރު ސަރުކާރު

އައިވީއެފް ހަދަން އެހީ ހޯދުމުގެ ފުުރުސަތު ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާ

ދަރިމައިވުމުގައި ދިމާވާ ދަތިތަކަށް ހޯދާ ފަރުވާ، އައިވީއެފް އަދި އައިޔޫއައި ހެދުމަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން އެހީ ހޯދުމަށް ކުރިން ހުޅުވައިލި މުއްދަތު އަންނަ ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

Ads by Hajj Corporation

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ "އައިވީއެފް" އަދި "އައިޔޫއައި" ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައި 2024 ގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ފަރުވާއަށް އެހި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ އާސަންދައިން އެކުލަވާލާފައިވާ އުސޫލުތަކުގެ ތެރެއިންނެވެ.

އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެހީއަށް އެދި ފޯމު ލިބެން ހުންނާނީ އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv ،aasandha.mv އިންނެވެ.

ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށެވެ.

މީގެ އިތުރުން އާސަންދަ ޑިޖިޓަލް ޕޯޓަލް my.aasandha.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ އެވެ. އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާއަށް އެހީ ދޫކުރާ އުސޫލު އެންސްޕާގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!