ޚަބަރު އިޖުތިމާޢީ

ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ހަތް މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދެ ލޯންޗު ޖެހި ރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ އެވެ.

Ads by MWSC

ފުލުހުން ބުނީ ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭ 11:00 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

ދާދި ފަހުން ވެސް ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެގޮތުން އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި، އޭނާ ވަނީ ނިޔާވެފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!