ޚަބަރު ސަރުކާރު

7 ދާއިރާއަކުން ތަމްރީނުވުމަށް އެޗްޑީސީ އިން އެޕްރެންޓިސްޝިޕް ފުރުސަތުތަކެއް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

ތަފާތު ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ‘ހުނަރު’ ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ވަނީ 7 ދާއިރާއަކުން ތަމްރީނުވުމަށް ފުރުސަތުތަކެއް ހުޅުވާލާފަ އެވެ.

Ads by MWSC

އެޗްޑީސީން ބުނީ މި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ 6 މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭއިރު އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓް ކަމަށެވެ. މީގެ އިތުރުން 6 މަސްދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް؛ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ކޮމްޕިއުޓަރ ހާޑްވެއަރ އެންޓް ނެޓްވޯކިން
  • ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
  • ފްރަންޓް އޮފީސް
  • ގާޑްނިން
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
  • މޭސަންރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދުކުރުމަށާއި، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމުގެ ބޭނުމުގަ އެވެ. މިއީ  އެޗްޑީސީއާއި މިނިސްޓްރީ އޮފް ޔޫތް އެންޕަވާމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔާ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!