ލައިފްސްޓައިލް

އެއްފަހަރާ ދެމީހުން ދެކެ ލޯބި ވެވިދާނެތަ ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލޯތްބަކީ އޭގެ ޒާތުގައި ވަރަށް ބާރުގަދަ އެއްޗެކެވެ. އޭގެ ބާރުން މީހާގެ މުޅި ދިރިއުޅުން ނެތިކޮށްލަނިވި ނުބައި ހަތިޔާރަކަށް ވެސް ލޯބި ވެދާނެއެވެ. އަދި އޭގެ ސަބަބުން ތިމާގެމުޅި ދިރިއުޅުން ފާގަތި ކޮށް، އުފާވެރިކޮށްދޭ އެއްޗެއް ކަމުގައިވެސް ލޯބި ވެދާނެއެވެ. އެހެންނަމަވެސް ސުވާލަކީ ދެމީހުން ދެކެ އެއްފަހަރާ ލޯބި ވެވިދާނެތޯއެވެ؟

Ads by Sosun Fihaara

އަޅަމެންގެ މާތްވި އިސްލާމްދީނުގައި ވެސް ފިރިހެނުންނަށް 4 އަނބިން ވަނީ ހުއްދަ ކުރައްވާފައެވެ. އާނއެކެވެ. އިސްލާމް ދީނުގެ މި ރިވެތި ސުންނަތުން ވެސް އެނގި ސާބިތުވާ ގޮތުގައި ފިރިހެނުންނަށް އެންމެ ގިނަވެގެން 4 އަންހެނުން ދެކެ ވެސް ހަގީގީ ލޯބިވެވިދާނެއެވެ.

އިސްލާމްދީނުގައި 4 އަނބިން ފިރިހެނުންނަށް ހުއްދަވީ ކަމުގައި ވީނަމަވެސް ޙަޔާތުގެ ބައިވެރިއަކަށް ހެދުމުގެ ކުރިން ތިމާގެ ކިބައިގައި އެއްފަހަރާ 2 ނުވަތަ 4 އަނބިން ބެލެހެއްޓުމުގެ ތަނަވަސްކަމާއި ޤާބިލިއްޔަތުކަން ހުރުން ވަރަށް މުހިންމެވެ. ލޯބިވާ ކޮންމެ މީހަކީ ތިމާގެ ޙަޔާތުގެ ބައިވެރިއަކަށް ހެދުމަށް އެންމެ އެކަށޭނެ މީހަކަށް ނުވެދާނެއެވެ. އެހެންކަމުން އެކަން ވެސް ކުރަންވާނީ ވަރަށް ވިސްނާފައެވެ.

އިސްވެދިޔަ ވާހަކަތަކަކީ ފިރިހެނުންނަށް އޮތް ވާހަކަ އެވެ. ދެން އުފެދޭ ސުވާލަކީ އަންހެނަކަށް އެއްފަހަރާ ދެމީހަކު ދެކެ ލޯބިވެވި ދާނެތޯއެވެ؟ އާދޭހެވެ. ލޯބިވެވިދާނެއެވެ. އެހެނީ ލޯބިވުމަކީ މީހަކު ގަސްތުގައި ކުރާ ކަމެއްނޫނެވެ. އެއީ ބޭއިޚުތިޔާރުގައި ވާ ކަމެކެވެ. އެހެންނަމަވެސް އެއްފަހަރާ ދެ މީހެއްގެ ލޯބި ހާސިލު ކުރުމަކީ ވެވިދާނެ ކަމެއްނޫނެވެ.

ފުރަތަމަ ކަމަކަށް، އަންހެނަކު އެއްފަހަރާ ދެމީހުން ދެކެ ލޯބިވެވުނު ކަމުގައި ވީނަމަވެސް އޭގެތެރެއިން އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ހެދުމަށްޓަކައި މީހަކު އިޙުތިޔާރު ކުރާނީ ވެސް ވަރަށް ވިސްނާފަތާއެވެ. ދެމީހެއްދެކެ އެއްފަހަރާ ލޯބިވުމަކީ މައްސަލައެއް ނޫނެވެ. ދުނިޔޭގައި އުޅޭ އިރު ހުރިހާ އުފަލެއް ނުލިބޭނޭ ބުނާ އަޑު އަޅުގަނޑު އަހަމުއެވެ. އެހެންކަމުން މިފަދަ ބައެއް ކަންކަމަކީ ތިމާގެ އަދުގެ ޙަޔާތަށް ޓަކައި ޤުރުބާން ކޮށްލަން ޖެހޭ ކަންކަމެވެ.

އެހެންކަމުން އެއްފަހަރާ އެތައް މީހަކު ދެކެ ލޯބިވެވިދާނެއެވެ. އެހެންނަމަވެސް ތިމާގެ ޙަޔާތުގެ ބައިވެރިއަކަށް އިޚުތިޔާރު ކުރަން ވާނީ ތިމާއާއި އެއްކޮށް އުޅެވޭ ތިމާއަށް އިތުބާރު ކުރެވޭ މީހެކެވެ. އެއީ ތިމާގެ ހަގީގީ ލޯތްބެވެ. އެހެން ނަމަވެސް ލޯތްބަކީ ދިރިޅުމެއް ފަށާއިރުގައި ބޭނުންވާނެ ހަމައެކަނި އެއްޗެއްނޫނެވެ. އަޅާލުމާއި އޯގާތެރިކަމާއި، ތިމާގެ ފަރާތުން ދީނީ ކަންކަމަަށް ބާރު އަޅާ މީހަކު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!