Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ކުޅިވަރު

ޖޯޖިއާ ބަލިކޮށް ތުރުކީން މޮޅަކުން މުބާރާތް ފަށައިފި

ޖޯޖިއާ ބަލިކޮށް ތުރުކީން މޮޅަކުން މުބާރާތް ފަށައިފި

ޖޯޖިއާ ބަލިކޮށް، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް މޮޅަކުން ތުރުކީން ފަށައިފިއެވެ.

މިރޭ ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ކުޅުނު އެ މެޗު ތުރުކީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދި އެ މެޗުގެ 11 ވަނަ މިނެޓުގައި ތުރުކީން ވަނީ ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ތުރުކީގެ ކާން އައިހާން ޖެހި ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން މެޗުގެ 25 ވަނަ މިނެޓުގައި ތުރުކީން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފައެވެ. އޭރިއާ ބޭރުން ތުރުކީގެ މާޓް މުލްޑޫރް ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށެވެ.

ޖޯޖިއާގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޖިއޯޖީ ކޮޗޮރަޝްވިލީ ތަނަވަަސްކުރި ފުރުސަތަކުން ޖޯޖިއަސް މިކައުޓްޒޭ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން 65 ވަނަ މިނެޓުގައި ތުރުކީން ވަނީ ގޯލެއްޖަހައި އަލުން ލީޑު ނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ތުރުކީގެ ޒުވާން މިޑްފީލްޑަރު އާދަ ގުލާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ އިތުރުވަގުތުގެ ތެރޭގައި ތުރުކީން ވަނީ މެޗުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރީމް އަކްތުރުކޮގްލޫ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް