Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ކުޅިވަރު

އިތުރުވަގުތު ގައި ގޯލެއްޖަހައި ޕޯޗުގަލްއިން ޗެކް ރިޕަބްލިކްގެ މައްޗައް ކުރި ހޯދައިފި

އިތުރުވަގުތު ގައި ގޯލެއްޖަހައި ޕޯޗުގަލްއިން ޗެކް ރިޕަބްލިކްގެ މައްޗައް ކުރި ހޯދައިފި

ޔޫރޯ 2024 ގައި، އިތުރުވަގުތު ގައި ގޯލެއްޖަހައި ޕޯޗުގަލްއިން ޗެކް ރިޕަބްލިކްގެ މައްޗައް ކުރި ހޯދައިފިއެވެ.

ރޭ ޔޫރޯ ގްރޫޕް އެފްގަައި ކުޅުނު އެ މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ ޗެކުން ގޯލެއްޖަހައިފައިވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

Advertisement
HDC — Sidebar (box)

މެއެގޮތުން، ޗުގެ 31 ވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޗެކު އޭރިއާ ތެރޭގައި ހުސްކޮށްހުރެ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކުރީ ޗެކްގެ ކީޕަރު ޔިންޑްރިކް ސްޓަނެކްއެވެ.

ގޯލެއް ނުޖެހި މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ޗެކުން ވަނީ ގޯލެއްޖަހައި ޕޯޗުގަލް ހާސްކޮށްލައިފައެވެ. އެ ގޯލަކީ ޕޯޗުގަލް އޭރިއާ ބޭރުން ޝޮޓަކުން ލޫކަސް ޕްރޮވޮޑް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

އެ ގޯލާއެކު ޕޯޗުގަލްގެ ކުޅުން ރަނގަޅުކޮށް  އޭގެ ހަތް މިނެޓުފަހުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ނޫނޯ މެންޑޭޒް ފޮނުވާލި ހަމަލާއެއް ޗެކުގެ ކީޕަރު ސްޓަނެކް ދިފާއުކުރުމުން، ކުޅުމަށް އަނބުރާ ނިކުތް ބޯޅަ  ޗެކުގެ ރޮބިން ރަނަކް ގައިގައި ޖެހިފަައި ބަައިކޮޅަށް ވަތް ގޯލެކެވެ.

އެ ނަތީޖާއިން މެޗު ނިމެން ދަނިކޮށް ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ނެގި ހުރަހަކުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފްރާންސިސްކޯ ކޮންސެސާއޯ ވަނީ ގޯލެއްޖަހައި ޕޯޗުގަލްއަށް ހަމަޖެހުމެއް ގެނެސްދީފައެވެ. އެ ގޯލު އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް