Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

އަލްބޭނިއާއިން ކްރޮއޭޝިއާ ހިފަހައްޓައި އަމިއްލަ ބާރު ގެއްލުވާލައިފި

އަލްބޭނިއާއިން ކްރޮއޭޝިއާ ހިފަހައްޓައި އަމިއްލަ ބާރު ގެއްލުވާލައިފި

އަލްބޭނިއާއިން ކްރޮއޭޝިއާ ހިފަހައްޓައި އެ ޓީމު ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުވާލައިފިއެވެ.

ޔޫރޯ 2024 ގެ ގްރޫޕް ބީގައި މިރޭ އަލްބޭނިއާއި ކްރޮއޭޝިއާ ބައްދަލުކުރި އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗަކީ ކްރޮއޭޝިއާ މޮޅުވުން މަޖުބޫރު މެޗެކެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިން އަތުން 3-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެހެންކަމުން ދެވަނަ ބުރަށް ދިއުމަށް އެ ޓީމަށް އަލްބޭނިއާ ބަލިކުރަން ކޮންމެހެެންވެސް ޖެހެއެވެ.

Advertisement
Allied Insurance — Square (box)

އެ މެޗުގެ 11 ވަނަ މިނެޓުގައި އަލްބޭނިއާއިން ވަނީ ގޯލެއްޖަހައި ކްރޮއޭޝިއާ ހާސްކޮށްލައިފައެވެ. އެ ގޯލަކީ އަސްލާނީ ތަނަވަސްކުރި ފުރުސަތަކުނަ ގާޒިމް ލަކީ ކާމިޔާބުކުރި ގޯލެކެވެ.

އެހެން ނަމަވެސް ކްރޮއޭޝިއާއިން ވަނީ ތިން މިނެޓު ތެރޭގައި ދެ ގޯލުޖަހައި މެޗުގެ ލީޑުނަގައިފައެވެ. ކްރޮއޭޝިއާއިން 74 ވަނަ މިނެޓުގައި އަންދްރޭ ކްރަމަރިޗް ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު 76 ވަނަ މިނެޓުގައި އެ ޓީމުގެ ސޫސިޗް ފޮނުވާލި ހަމަލާ ގޯލަށް ވަނީ އަލްބޭނިއާގެ ޑިފެންޑަރެއްގެ ގައިގަައި ޖެހިފައެވެ.

އެ ނަތީޖާއިން އެ ޓީމު މޮޅުވާން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގަައި އަލްބޭނިއާއިން ވަނީ ގޯލެއްޖަހަައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެ މެޗު އެއްވަރުވުމުން ކްރޮއޭޝިއާއަށް ލިބެނީ ގްރޫޕްގެ ހަތަރުވަނައެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ އެއް ޕޮއިންޓު ހޯދައިގެންނެވެ. އަލްބޭނިއާ ތިންވަނައިގައި އެއްޕޮއިންޓާއެކު އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އަދި ދެވަނައިގައި އިޓަލީ އޮތީ ތިން ޕޮއިންޓާއެކުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް