ކުޅިވަރު ފުޓްބޯޅަ

އޮަސްޓްރިއާ އަތުން ބަލިވެ ޕޮލެންޑަށް މުބާރާތް ނިމިއްޖެ

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

އޮަސްޓްރިއާ އަތުން ބަލިވެ ޕޮލެންޑަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

Ads by Hajj Corporation

ޔޫރޯ 2024 ގައި އޮސްޓްރިއާއިން ޕޮލެންޑުގެ މައްޗައް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުކީ ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. ދެ ޓީމު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް އެ މެޗުން މޮޅުވާން ޖެހެއެވެ.

އޮސްޓްރިއާ މެޗު ކާމިޔާބުކުރުމުން އެ ޓީމު ވަނީ ގްރޫޕް ޑީގެ ތިންވަނަ މަގާމަށް ޖެހިލައިފައެވެ. އެ ޓީމު ތިންވަނައިގައި އޮތީ ދެ މެޗު ކުޅެ ތިން ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި އޮސްޓްރިއާ ދެ މެޗު ކުޅެފައިވާއިރު އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ގްރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް އޮތްއިރު ދެވަނައިގައި އޮތީ ފްރާންސްއެވެ. އެ ދެ ޓީމު ވަނީ ފެ މެޗު ކުޅެ ހަތަރު ޕޮއިންޓު ހޯދައިފައެވެ.

ދެން އެ ގްރޫޕްގެ ކޮންމެ ޓީމަކަށް ގްރޫޕް ސްޓޭޖުގައި ބާކީ ކުޅެން އޮންނާނީ އެއް މެޗެވެ. އެ ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމުތައް ޔަގީން ވާނީ އެ މެޗުތައް ނިމުނީމައެވެ. ނެދަލެންޑްސްއާ އޮސްޓްރިއާ ބައްދަލުކުރާ މެޗު އެއްވަރުކޮށްލައިގެން ނެދަލެންޑްސްއަށް ދެވަނަ ބުރަށް ދެވޭނެއެވެ. ނަމަވެސް އޮސްޓްރިއާ އިތުރަށް ކިރިއަށް ދިއުމަށް އެ މެޗު ކާމިޔާބުކުރަން ޖެހޭނެއެވެ. ފްރާންސްއަށް ވެސް ޕޮލެންޑާ އެއްވަރުކޮށްލައިގެން ދެވަނަ ބުރަށް ދެވޭނެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ވެސް އޮސްޓްރިއާއއިންނެވެ. އެ ގޯލު ޖެހީ ގާނޯޓް ޓްރައުނާއެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުނިމުމުގެ ކުރިން ޕޮލެންޑުން ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޮސްޓްރިއާ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެ ގޯލު ޖެހީ ކްރިސްޓޮފް ޕިއޮންޓެކްއެވެ.

އޮސްޓްރިއާ އިން އަލުން ލީޑުނެގީ 66 ވަނަ މިނިޓްގައި ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ގޯލުންނެވެ. އެ ޓީމު ން ވަނީ އޭގެ ދިހަ މިނެޓު ފަހުން ، މެޗުގެ 76 ވަނަ މިނެޓުގައި ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މާކޯ އާނައުޓޮވިޗް ކާމިޔާބުކުރި ގޯލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!