Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

ނެދަލެންޑްސްއާ ފްރާންސަވީ އެއްވަރު، ނެދަލެންޑްސްގެ ނުރުހުން ވީއޭއާރްއަށް

ނެދަލެންޑްސްއާ ފްރާންސަވީ އެއްވަރު، ނެދަލެންޑްސްގެ ނުރުހުން ވީއޭއާރްއަށް

ނެދަލެންޑްސްއާ ފްރާންސް އެއްވަރުވުމުން ނެދަލެންޑްސްގެ ކުޅުންތެރިންނާއި ކޯޗުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އަށް ފާޑުކިޔައިފިއެވެ.

ޔޫރޯ 2024 ގައި ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހިއެވެ.

ނަމަވެސް އެ މެޗުގައި ނެދަލެންޑްސްއިން ވަނީ ގޯލެއްޖަހައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެކަމަށް އުންމީދުކޮށްފައެވެ. އެ ގޮތުން، މެޗުގެ 68 ވަަނަ މިނިޓްގައި ޒަވީ ސިމޯންސް ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިފައެވެ. ނަމަވެސް އޭރު އޮފްސައިޑް މަގާމެއްގަައި ހުރި ޑަމްފްރީސް ހަރަކާތްކުރުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ގޯލު ބަލައި ނުގަތުމަށެވެ.

Advertisement
HDC — Sidebar (box)

އެ މެޗު ކާމިޔާބުކޮށްގެން ނެދަލެންޑްސްއަށް ދެނަނަ ބުރަށް ދެވޭނެއެވެ. އެ މެޗު އެއްވަރުވުމުން އެ ޓީމަށް ދެން ޖެހޭނީ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނުވަތަ ބަލިނުވެ މެޗު ނިންމާލާށެވެ. ފްރާންސް ވެސް ޕޮލެންޑު އަތުން ބަލިނުވެ މެޗު ނިންމާލައިފި ނަމަ ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ.

އެ މެޗު އެއްވަރު ވުމުން  ދެ ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ގްރޫޕް ޑީގެ އެއްވަނަ ނެދަލެންޑްސްއަށް ލިބޭއިރު ދެވަނަ ލިބެނީ ފްރާންސްއަށެވެ. ތިންވަނައިގައި ތިން ޕޮައިންޓާއެކު އޮސަޓްރިއާ އޮތްއޮރު ފުލުގައި ޕޮލެންޑު އޮތީ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް