ކުޅިވަރު ފުޓްބޯޅަ

ފަސޭހަކަމާއެކު ތުރުކީ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ފަސޭހަކަމާއެކު ތުރުކީ ބަލިކޮށް ޕޯޗުގަލްއިން ޔޫރޯ 2024 ގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

Ads by Hajj Corporation

މިރޭ ތުރުކީއާއި ޕޯޗުގަލް ބައްދަލުކުރި މެޗު ނިމުނީ 3-0 ގެ ނަތީޖާއަކުންނެވެ.

ެއެ މެޗުގައި ޕޯޗުގަލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޕޯޗުގަލްްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. ތުރުކީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެ ގޯލު ޖެހީ ބަނާޑޯ ސިލްވާއެވެ.

އޭގެ ހަތް މިނެޓުފަހުން ޕޯޗުގަލްއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ތުރުކީގެ ސާމިތު އަކައިދިން އަތުން ބަައިކޮޅަށް ވަތް ގޯލެކެވެ. ތުރުކީގެ ކީޕަރު އަލްޓޭ ބަޔަންދީރު ކުރިއަށް ޖެހި ހުރި ވަގުތެއްގައި އަކައިދިން ބަޔަންދީރުއަށް ޖައްސާލި ޕާސް ގޮސް ވަނީ ގޯލަށެވެ.

މެޗުގެ 58 ވަނަ ޕޯޗުގަލްްއިން އެ ޓީމުގެ ތިންވަނަ ގޯލުޖަހައިފައެވެ. އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލުޖެހީ ބުރުނޯ ފަނާންޑޭޒްއެވެ.

އެ މޮޅާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދިޔައީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެ މެޗު ކުޅެ އެ ޓީމު ވަނީ ހަ ޕޮއިންޓު ހޯދައިފައެވެ. ދެވަނައިގައި އޮތް ތުރުކީއަށް ދެ މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކް އަދި ފުލުގައި އޮތް ޖޯޖިއާއަށް ލިބިފަައިވަނީ އެއް ޕޮއިންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!