ކުޅިވަރު ފުޓްބޯޅަ

ސްޕެއިން އަކީ މުބާރާތުގެ ފެވަރިޓެއް، ބޭނުންވަނީ ތާރީހީ މޮޅެއް: އަލްބޭނިއާ ކޯޗު

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ސްޕެއިންއަކީ ޔޫރޯ 2024 ގެ ފޭވަރިޓެއްކަމަށް ވިޔަސް ބޭނުންވަނީ އެ ޓީމު ބަލިކޮށް ތާރީހީ މޮޅެއް ހޯދަންކަމަށް އަލްބޭނިއާގެ ކޯޗު ސިލްވީނިއޯ ބުނެފިއެވެ.

Ads by Sosun Fihaara

މިރޭ ޔޫރޯ ގްރޫޕް ބީގައި ސްޕެއިންއާއި އަލްބޭނިއާ ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސިލްވޯނިއޯ ބުނީ ސްޕެއިންއަކީ ފުޓުބޯޅައިގެ ގަދަ ބާރެއްކަމަށާއި، އެ ޓީމުގައި ތީބީ ހުސް މޮޅެތި ކުޅުންތެރިންކަމަށެވެ.

އެ ޓީމަކީ މިފަހަރު ޔޫރޯ ކާމިޔާބު ކުރާނެ ޓީމެއްކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އަލްބޭނިއާއިން ނިކުންނާނީ ސްޕެއިން ބަލިކޮށް ތާރީހީ ކާމިޔާބެއް ހޯދަން ކަމަށް އޭނާ ބުންޏެވެ.

ސިލްވީނިއޯ ބުނިގޮތުގައި އަލްބޭނިއާ ޔޫރޯގައި ލައްވާލީ އުނދަގޫ ގުރޫޕެއްގައި ކަމަށެވެ. ނަމަވެސް ހިތްވަރު އެލުވައިނުލާ އެ ޓީމުން ހިތްވަރުކޮށް ސްޕެއިން ބަލިކޮށްގެން ދެވަނަ ބުރަށް ދާން މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.

އަލްބޭނިއާއާއި ސްޕެއިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު އެ ޓީމަށް އަދި ސްޕެއިން ބަލިކުރެވިފައެއް ނުވެއެވެ. އެ ތިން މެޗު ވެސް ކާމިޔާބުކުރީ ސްޕެއިންއިންނެވެ.

މިރޭގެ މެޗުގައި އަލްބޭނިއާއިން ސްޕެއިން ބަލިކޮށްފި ނަމަ އެ ޓީމަށް ދެވަނަ ބުރަށް ދެވިދާނެއެވެ. އެ ގްރޫޕް އެތުރިފައިވާ ގޮތުން ސްޕެއިން އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އިޓަލީ ތިންވަނައިގައި އޮތްްއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއާއި ފުލުގައި އޮތް ކްރޮއޭޝިއާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!