ކުޅިވަރު ފުޓްބޯޅަ

ދެކޮޅަށް އެންމެ ގޯލެއް ވެސް ނެތް، ހުރިހާ މެޗަކުން މޮޅުވެ ސްޕެއިން ދެވަނަ ބުރަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ސައްތައިން ސައްތަ ރެކޯޑަކާއެކު ސްޕެއިނުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

Ads by Hajj Corporation

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅޭ ފަހު މެޗުގައި އަލްބޭނިއާއާ ވާދަކޮށް އެ ޓީމު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ ޓީމު މިރޭގެ މެޗާ ކުރިމަތިލި އިރުވެސް އެ ޓީމަށް ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ. އެ ޓީމު ދެވަނަ ބުރަށް ދިޔައީ ބަައިކޮޅަށް ގޯލެއް ވަނަ ނުދީއެވެ.

ެެއެހެންކަމުން މިރޭގެ މެޗަށް އެ ޓީމުން ނިކުތީ ބެންޗު ޓީމު ފުރަތަމަ 11 ގަައި ހިމަނައި، އެ ޓީމު މުހިންމު ކުޅުންތެރިން އަރާމު ކުރުމަށް ފުރުސަތު ދީގެންނެވެ.

ނަމަވެސް އެ މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސްޕެއިންގެ ޑެނީ އޮލްމޯ ތަނަވަސްކުރި ފުރުސަތަކުން ފެރާން ޓޮރެސް ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއިން ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގަައި އެ ޓީމުން ވަނީ ބަދަލުތަކެއް ގެނެސްގެން އިތުރު ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ.

ސްޕެއިންގެ އެ މޮޅާއެކު ކުޅުނު ތިން މެޗުން މޮޅުވެ އެ ޓީމު ދެވަނަ ބުރަށް ދިޔައީ އެއްވަނަ ޓީމުގެ ގޮތުގައި ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އިޓަލީ އޮތްްއިރު ތިންވަނައިގައި ކްރޮއޭޝިއާ އޮތީ ތިން ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް އަލްބޭނިއާއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!