ކުޅިވަރު ފުޓްބޯޅަ

ދެވަނަ ބުރަށް ގޮސްގޮސްއޮތް ކްރޮއޭޝިއާ އެންމެ ފަހު ސިކުންތުގައި ހުއްޓުވަައި އިޓަލީ ކުރިއަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން  އިޓަލީން އެންމެ ފަހު ސިކުންތުކޮޅުގައި ކްރޮއޭޝިއާ ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

Ads by STELCO

މިރޭ އިޓަލީއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު  ނިމުނީ 1-1 ގެނަތީޖާއަކުންނެވެ.  އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ތެރެއިން ހަތްވަނަ މިނެޓާ ހަމައަށް ވެސް މޮޅުވެ ދެވަނަ ބުރަށް ދާގޮތަށް އޮތީ ކަރޮއޭޝިއާއިންނެވެ.

އެ މެޗު އެއްވަރުވުމުން އިޓަލީ ދެވަނަ ބުރަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިފައެވެ. ތިންވަނައިގައި އޮތް ކްރޮއޭޝިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް އަލްބޭނިއާއަށް ލިބުނީ އެއް ޕޮއިންޓެވެ. އެ ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދައިގެންނެވެ.

ނަމަވެސް ކްރޮއޭޝިއާއަށް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތިންވަަނައަަށް ދިޔަ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ހަތަރު ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

އެ މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އިޓަލީގެ އޭރިއާ ތެރެއިން އެ ޓީމުގެ ޑާވިޑޭ ފްރަޓެސީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ލުކާ މޮޑްރިޗް ފޮނުވާލިނަމަވެސް ހުށިޔާރުކަމާއެކު އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ ވަނީ ދިފާއުކޮށްފައެވެ.

ނަމަވެސް އޭގެ މިނެޓެއްފަހުން މޮޑްރިޗު ވަނީ ގޯލެއްޖަހައި އޭނާއަށް ހެދުނު ގޯސް ރަނގަޅުކޮށްފައެވެ. އެ ގޯލަކީ ޑޮނަރުންމާ އަތުގައި ޖެހިފައި ނިކުތް ބޯޅަ އެއްފަހަރުން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި  ރިކާޑޯ ކަލަފިއޯރީ ތަނަވަސްކުރި ފުރުސަތަކުން ގޯލެއްޖަހައި މަޓެއާ ޒަކާނީ ވަނީ އިޓަލީ ދެވަނަ ބުރަށް ގެންގޮސްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!