Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ކުޅިވަރު

ޔޫރޯގައި ގޯލުޖެހި އެންމެ ދޮށީ ކުޅުންތެރިއަކަށް މޮޑްރިޗް

ޔޫރޯގައި ގޯލުޖެހި އެންމެ ދޮށީ ކުޅުންތެރިއަކަށް މޮޑްރިޗް

ޔޫރޯގައި ގޯލުޖެހި އެންމެ ދޮށީ ކުޅުންތެރިއަކަށް ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ވެއްޖެއެވެ.

ރޭ ޔޫރޯ 2024 ގެ ގްރޫޕް ބީގެ ފަހު މެޗުގައި ކްރޮއޭޝިއާއާއި އިޓަލީ ބައްދަލުކުރި މެޗުގައި މޮޑްރިޗް ވަނީ ގޯލުޖަހައިފަައެވެ.

މޮޑްރިޗް އެ ގޯލުޖެހިއިރު އޭނާގެ އުމުރަކީ 38 އަހަރާއި 289 ދުވަހެވެ. މީގެ ކުރިން ޔޫރޯގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިއަކީ އޮސްޓްރިއާގެ އިވިކާ ވަސްޓިޗްއެވެ. 2008 ވަަނަ އަހަރުގެ ޔޫރޯގައި ޕޮލެންޑާ ދެކޮޅަށް އޮސްޓްރިއާ ކުޅުނު މެޗުގައި އޭނާ ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 38 އަހަރާއި، 257 ދުވަހެވެ.

Advertisement
Allied — Dhen Online (box)

ރޭ ކްރޮއޭޝިއާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ 58 ވަނަ މިނެޓުގައި މޮޑްރިޗް ވަނީ ގޯލުޖަހައި ކްރޮއޭޝިއާ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އައުކޮށްދީފަައެވެ. ނަމަވެސް އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ތެރެއިން ހަތްވަނަ މިނެޓުގަައި އިޓަލީން ވަނީ ގޯލުޖަހައި އެ އުންމީދަށް އިތުރު އިންތިޒާރެއް ގެނުވައިފައެވެ.

ކްރޮއޭޝިއާއަށް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތިންވަަނައަަށް ދިޔަ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ހަތަރު ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

އެ މެޗު އެއްވަރުވުމުން އިޓަލީ ދެވަނަ ބުރަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިފައެވެ. ތިންވަނައިގައި އޮތް ކްރޮއޭޝިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް އަލްބޭނިއާއަށް ލިބުނީ އެއް ޕޮއިންޓެވެ. އެ ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދައިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް