Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

ކަޓައިފައި އޮތް ޕޮލެންޑުން ބޭނުންވަނީ ދެވަނަ ބުރުގައި އޮތް ފްރާންސް ބަލިކުރަން

ކަޓައިފައި އޮތް ޕޮލެންޑުން ބޭނުންވަނީ ދެވަނަ ބުރުގައި އޮތް ފްރާންސް ބަލިކުރަން

ޔޫރޯ 2024 އިން އެންމެ ފުރަތަމަ ކެޓި ޕޮލެންޑުން ބޭނުންވަނީ ދެވަނަ ބުރަށް ދާނެކަން ޔަގީންވެފައި އިތް ފްރާންސް ބަލިކުރަންކަމަށް ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފިއެވެ.

މިރޭ ޔޫރޯ ގްރޫޕް ޑީގައި ފްރާންސްއާއި ޕޮލެންޑު ބައްދަލުކުރާ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ކޯޗު ޕްރޮބިއާޒް ބުނީ އޭނާ ބޭނުންވަނީ އެ ޓީމުގެ ފަހު މެޗުގައި ފްރާންސް ބަލިކުރަންކަމަށެވެ.

ނަމަވެސް އެ މެޗުން އެ ޓީމަށް ޕޮއިންޓެެއް ލިބުނަސް ހިތްހަމަޖެހޭނެކަމަށް އޭނާ ބުންޏެވެ. މިރޭ ފްރާންސްއާއި ޕޮލެންޑު ބައްދަލުކުރާ މެޗަކީ ވަރުގަދަ މެޗަކަށް ވާނެކަމަށް ވެސް ޕްރޮބިއާޒް ބުންޏެވެ.

Advertisement
Ooredoo — Square (box)

މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ފްރާންސްއަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ.

އެހެންކަމުން ގްރޫޕް ޑީގެ ޕޮއިންޓު ތާވަލު އެތުރިފައިވާގޮތުން އެ ޓީމު ބަލިވި ކަމުގައި ވިޔަސް ފްރާންސްއަށް ތިންވަނަ ލިބޭނެއެވެ. އަދި ހަތަރު ޕޮއިންޓާއެކު އެ ޓީމު ވާނީ ތިންވަނަ ހޯދި ޓީމު ތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމަށެވެ.

ފްރާންސް ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ފްރާންސްއަަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އޮތް އޮސްޓްރިއާއަށް ތިން ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް ޕޮލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް