Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ކުޅިވަރު

ފެވަރިޓުން ފަހަތައް ޖައްސައި، އެއްވަނަ ޓީމުގެ ގޮތިމުގައި އޮސްޓްރިއާ ދެވަނަ ބުރަށް

ފެވަރިޓުން ފަހަތައް ޖައްސައި، އެއްވަނަ ޓީމުގެ ގޮތިމުގައި އޮސްޓްރިއާ ދެވަނަ ބުރަށް
އޮސްޓްރިއާއިން ނެދަލެންޑްސް ބަލިކޮށް ދެވަނަ ބުރުން ޖާގަހޯދައިފައެވެ.
ޔޫރޯ 2024 ގެ ގްރޫޕް ސީގެ ފަހު މެޗުގައި އޮސްޓްރިއާއިން ނެދަލެންޑްސް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗުން މޮޅުވެ އޮސްޓްރިއާއިން ދެވަނަ ބުރުން ޖާގަ ހޯދިއިރު މިރޭގެ މެޗަށް ނިކުތްއިރު ވެސް ނެދަލެންޑްސްއަށް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައެވެ. އޮސްޓްރިއާއިން ދެވަނަ ބުރަށް ދިޔައީ މުބާރާތުގެ ފޭވަރިޓުންކަމަށްވާ ފްރާންސާއި ނެދަލެންޑްސް ފަހަތަށްލައި ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އޮސްޓްރިއާއަށް ވަނީ ވަނީ ތިން މެޗު ކުޅެ ހަ ޕޮއިންޓު ލިބިފައެވެ. އަދި މެޗުން ބަލިވި ނެދަލެންޑްސްއަށް ތިން މެޗުން ހަތަރު ޕޮއިންޓު ވަނީ ލިބިފައެވެ. އެ ގްރޫޕްގެ ދެވަނަ ލިބިފައިވަނީ ފަސް ޕޮއިންޓު ހޯދަައިގެން ފްރާންސްއަށެވެ. އެ ގްރޫޕްގެ ފުލަށް ދިޔައީ އެއް ޕޮއިންޓާއެކު ޕޮލެންޑެވެ. ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ. ހަތަރު ޕޮއިންޓު ހޯދައި ނެދަލެންޑްސް ވަނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމަށް ވެފައެވެ. މޮޅަކަށް އަމާޒުހިފައި މިރޭގެ މެޗަށް ނިކުތް އޮސްޓްރިއާއިން ވަނީ މެޗުގެ ހަވަނަ މިނެޓުގެ ތެރޭގައި ގޯލެއްޖަހައި ދެވަނަ ބުރުގެ އުންމީދު އައުކޮށްފައެވެ. އެ ގޯލަކީ ނެދަލެންޑްސްގެ ޑޮންޔެލް މާލެން އަތުން ބައިކޮޅަށަ ވަތް ގޯލެކެވެ. އެ ނަތީޖާއިން ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގަައި ނެދަލެންޑްސްއިން. ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޒަަވީ ސައިމޮންސް ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ ކޯޑީ ގަކްޕޯއެވެ. މެޗުގެ 57 ވަނަ މިނެޓުގައި ރޮމާނޯ ޝްމިޑް އަނެއްކާވެސް އޮސްޓްރިއާއަށް ލީޑު ނަގައިދިން ނަމަވެސް މެމްފިސް ޑިޕާއި ވަނީ 75 ވަނަ މިނެޓުގައި ގޯލެެއްޖަހަައި ދެވަނަ ފަހަރަށް. މެޗުގެ ނަތީޖާ ހަމަހަމަކޮޮށްދީފައެވެ. މެޗުން އޮސްޓްރިއާ މޮޅުވި ގޯލު 80 ވަނަ މިނެޓުގައި ޖެހީ މާސެލް ސަބިޓްރާއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް